އަރަބިދުނިޔެ ރައީސް މުރުސީއަށް ތާއިދުކޮށް މިޞްރުގައި 30 މިލިޔަން މީހުން ޖަމާވެ އަޑުއުފުލަމުން އެބަދޭ

ރައީސް މުރުސީއަށް ތާއިދުކޮށް މިޞްރުގައި 30 މިލިޔަން މީހުން ޖަމާވެ އަޑުއުފުލަމުން އެބަދޭ

ރައީސް މުރުސީއަށް ތާއިދުކޮށް މިޞްރުގައި 30 މިލިޔަން މީހުން ޖަމާވެ އަޑުއުފުލަމުން އެބަދޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ ރައްޔިތުންގެ އަޑުއަހާ އަދި ޤައުމަށް އެންމެ ރައްކާތެރިގޮތަކީ މުރުސީ ވެރިކަމުން ޢަޒަލުކުރުމުން ކަމަށް ބުނެ އެޤައުމުގެ އަސްކަރިއްޔާއިން ޑރ. މުޙައްމަދު މުރްސީގެ ވެރިކަށް "ބަޣާވާތަކުން" ވައްޓާލާ އެޤައުމުގެ ޤާނޫނު އަސާސީއަށް ޢަމަލުކުރުން ވަނީ ހުއްޓުވާލާފައެވެ. މިކަމާއީ ދެކޮޅަށް އަޑުއުފުލާ މިޞްރުގެ ގެ އިންތިޚާބީ ވެރިކަށް އިޢާދަކުރުމަށް އެޤައުމުގެ އެތަށް މިލިޔަން ރައްޔިތުނެއް ދަނީ ގޮވާލަމުންނެވެ.

މިގޮތުން ޢަރަބިބަހުން ގެނެސްދޭ ބީބީސީ އާއި ހަވާލާދީ ޚަބަރުފަތުރާ ވަޞީލަތްތަކުން އަންދާޒާކުރާގޮތުގައި މިޞްރުގެ އެކި ހިސާބުތަކުގައި މުރުސީއަށް ތާއިދުކޮށް އެމަނިކުފާނުގެ ވެރިކަށް އިޢާދަކޮށްދިނުމަށް ގޮވާލާ 30 މިލިޔަންމީހުންވަނީ އެއްވެފައެވެ. މިގޮތުން 28-ޖޫން 2013 ވީ ހުކުރުދުވަހުން ފެށުގެން ޞުލުހާވެރިކަމާއި އެކު މުޞްރުގެ އިންތިޚާބީ ވެރިކަމަށް ތާއިދުކުރާ ކަށް ބަޔާންކޮށް "އައްރަބިޢަތު އަލްޢަދަވިޔާ" އެ ކިޔާ މިއިދާނަށް އެކަނިވެސް ވަނީ 3މިލިޔަން މީހުން އެއްވެފައެވެ. މިއީ މުރުސީގެ ވެރިކަމާއި ދެކޮޅަށް ލާދީނި ސިކިޔުލަރ މީހުނާއި ނަޞްރާއިންނާއި އަދި މުބާރަކުގެ އެންޑީޕީ އެއްވި އެއްވުމަށް ވުރެ ގިނަ ޢަދެދެކެވެ.

މުރުސީއަށް ތާއިދުކޮށް މިހާ ގިނަ ބަޔަކު އެއްވެފައިވާތީ ވެރިކަށް ވައްޓާލުމަށް "ތަހުރީރީ މައިދާނަށް" އެއްވި ލާދީނީ ސެކިއުލަރގެ މީހުންނާއި މުބާރަކުގެ އެންޑީޕީ ޕާޓީއާއި ނަޞްރާއިން ވަނީ އަލުން އެއްވުމަށް ގޮވާލާފައެވެ.
މިހާރު މިޞްރުގައި އެއްވާ އެއްވުން ތަކުން އަސްކަރިއްޔާއިން ކުރީ ބަޣާވާތެއްކަމަށާއި އަދިވެސް މިޞްރުގެ ރައީސަކީ މުރުސީކަމަށް އެޤައުމުގެ ރައްޔިތުން ބަލާގަންނަކަށް ސާފުކޮށް އެގިގެންދެއެވެ.

މަޞްދަރު: އިސްލާމްމެމޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.