މިޞްރުގެ އަސްކަރިއްޔާއިން މުރުސީއަށް ތާއިދުކުރާ 50 މީހުން މަރާލައިފި
މިޞްރުގެ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުރުސީ-حفظه الله- ގެ ވެރިކަށް އެޤައުމުގެ އަސްކަރިއްޔާއިން ވައްޓާލުމާއިގުޅިގެން މިޞްރުގެ އެކި ހިސާބުތަކުގައި ދަނީ އެކަމާއި ދެކޮޅަށް ބާއްވަމުން ދާ ޞުލްޙަވެރި އެއްވުންތައް ރޫޅާލުމަށް އެޤައުމުގެ އަސްކަރިއްޔާ އިންދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން އެޤައުމުގެ "ޖުމްޙުރީ ގާރޑުގެ" ޢިމާރާތުގެ ބޭރުގައި މުރުސީއަށް ތާއިދުކޮށް ބޭއްވި ޞުލްޙަވެރި އެއްވުމެއްގެ ތެރެއަށް ސިފައިން ބަނޑިޖަހާ 50 މީހުން މަރާލައިފިއެވެ.
މިޞްރުގެ ރައީސް މުރުސީ ނިސްބަތްވާ "އިޚްވާނުލް މުސްލިމީން" ގެ އިސްއޮފިސަލަކު މިޚަބަރު ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެއްވުމުގެ ތެރެއިން 200 މީހުން ހައްޔަރުކުރިކަށްވެސް އޭނާވަނީ ހާމަކޮށްފައެވެ.އަނެއްކޮޅުން އަސްކަރީ ހެލްކޮޕްޓަރ ތައް ދަނީ އެޢިމާރާތުގެ މަތީގައި އުދުހެމުންނެވެ.
އަނެއްކޮޅުން ޤައުމީ މަޞްލަޙަތަށްޓަކައި ވަގުތީ ސަރުކާރެއް ޤާއިމުކޮށް އަސްކަރިއްޔާއިން ހުށައަޅާފައިވާ މަގުޗާޓަށް ތާއިދުކުރި މިޞްރުގެ އިސްލާމީ ޢުޞޫލުތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއެއްކަމަށްވާ ނޫރުޕާޓީން ވަނީ އެޤައުމުގެ އަސްކަރިއްޔާއިން އިސްކޮށްފައިވާ ވަގުތީ ރައީސް ޢަދުލީ މަންޞޫރާއި މުޢާމަލާތްކުރުން ހުއްޓާލާފައެވެ. އަދި އެމަގުޗާޓައި އެއްގޮތަށް ޢަމަލުކުރުން ހުއްޓާލަށް ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.
މަޞްދަރު: މަޖަލަތުލްބަޔާން
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...