ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު، 10 އަހަރަށް ޖަލަށްލުމަށް އައްޑޫސިޓީ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މި ހުކުމް ކޮށްފައިވަނީ އައްޑޫސިޓީ ހުޅުދޫ، ބީޗްހައުސް، އަޙުމަދު ޙުމައިދު 21، ގެ މައްޗަށެވެ.
ޙުމައިދު ގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 7ވަނަ ދުވަހު މަގުމަތިން ހިނގާފައިދިޔަ ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އުރަމަތީގައި ހިފި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައިގައި ޙުމައިދުގެ މައްޗަށް ހުރި ދައުވާގައި ބުނެފައިވަނީ ހުމައިދު ސައިކަލުގައި ދަމުން އެ އަންހެންކުއްޖާގެ އުރަމަތީގައި ހިފިކަމަށް ޝަރީޢަތުގައި ބުނާތީ އާއި އަދި ޙުމައިދު އެ އަންހެންކުއްޖާގެ އުރަމަތީގައި ހިފިތަން ދުއްކަމަށް ދެން ހުރި އަންހެންކުއްޖާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އުމައިދު އެކަމަށް އިންކާރުކުރި ނަމަވެސް އުމައިދު އެ ކުއްޖާގެ އުރަމަތީގައި ހިފި ކަމަށް އެ ކުއްޖާ ބުނާތީ އާއި އެ ކުއްޖާއާ އެކު އެ ވަގުތު ހިނގާފައި ދިޔަ އެހެން އަންހެން ކުއްޖަކު ވެސް އެގޮތަށް ޝަރީއަތުގައި ބުނާތީ ހެކިންގެ ހެކިބަހުން ޙުމައިދުގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށާ އެހެންކަމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން ޙުމައިދު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...