"ނަމާދު" އެންޑްރޮއިން އެޕެއް ތައާރަފްކޮށްފިއެވެ.
ނަމާދު ވަގުތު ބަލާލެވޭ ގޮތަށް ހަދާފައިވާ މިއެޕްލިކޭޝަންއަކީ "ވަން ހާފް ޕިކްސެލް"ގެ ފަރާތުންކަމަށް އެކުންފުނިން ހާމަކުރެއެވެ. ދިއިސްލާމްއަށް މައުލޫމާތު ދެއްވަން އެފަރާތުން ހާމަކުރި ގޮތުގައި "މިއެޕްލިކޭޝަން އަކީ ނަމާދު ވަގުތާއި ދަރުސްތަކުގެ ތާވަލް އެޕްގެ ޔޫޒާރސް އިންނާއި ހަމައަށް ގެނެސްދޭނެ އެޕްއެއް"ކަމަށެވެ. "ނަމާދު ވަގުތު ތަކަކީ ރަސްމީ ފަރާތްތަކުން އާންމުކޮށްފައިވާ ވަގުތުތަށް. މިއެޕްމެދުވެރިކޮށް އެކި ލޮކޭޝަންތަކަށް ސެލެކްޓް ކުރެވޭނެ. އިތުރު ލޮކޭޝަންތައް އިތުރުކުރަމުން ދާކަމަށް"ވެސް އެފަރާތުން ހާމަކުރިއެވެ.
މިއެޕްގެ ހާއްސަ ކަންކަމުގެ ތެރޭގައި ނަމާދު ގަޑިތަކުގެ އިތުރުން ދަރުސް ތާވަލް ބެލުމާއި ދަރުސްތައް އޮންނަ ވަގުތުތައް ރިމައިންޑާރ އަށް ލުމާއި ގޫގަލް މެޕްސް މެދުވެރިކޮށް ދަރުސް އޮންނަ ތަނެއް ބަލާލެވުމާއި ދަރުސްތަކުގެ މައުލޫމާތު އެސްއެމްއެސް، ފޭސްބުކް އަދި ޓްވިޓާރ މެދުވެރިކޮށް ބަލާލެވުން ހިމެނެއެވެ.
މިއެޕްލިކޭޝާން ތައާރަފްކޮށްފައިވަނީ 3 ޖުލައި 2013 ވަނަ ދުވަހުއެވެ. މިހާތަނަށް ގޫގަލް ޕްލޭ އިން ދައްކާ ގޮތުގައި 500 އާއި 1000 ދެމެދުގެ މީހުން އެޕް ޑައުންލޯޑް ކޮށްފައިވެއެވެ.
ޑައުންލޯޑް: "ނަމާދު" އެންޑްރޮއިޑް އެޕް
ކޮމެންޓް (0)
ލޯޑް ކުރަމުން...