ރާއްޖޭގެ ޚަބަރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް އާސަންދަ ލިބޭނެ ގޮތަށް ހަމަޖައްސަވައި، އެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިޢުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ކޮޅުނބުގެ ސޯސަންވިލާގައި ބޭއްވުނު ދިވެހި މިޔުޒިކް ބޭންޑް "އޮލިމްޕިއަންސް" ގެ ޝޯވގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމާ ގުޅިގެން ރައީސް ވަހީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެމީހަކު ދިރިއުޅޭ ޤައުމެއްގައި ހުންނަ އާސަންދަ ޤަބޫލުކުރާ ހޮސްޕިޓަލަކުން އެޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގައެވެ.

މި ދަތުރުފުޅުގައި ރައީސް ވަހީދު ވަނީ ލަންކާ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާލައްވާފައެވެ. އަދި ހޮސްޕިޓަލުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާ މެޑިސިންގެ ރޮނގުން ކުރިއަށްދާ ރާއްޖޭގެ ކުދިންނަށް އެހޮސްޕިޓަލުގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ސްޕެޝަލިސްޓް ޑޮކްޓަރުން އެކި މުއްދަތުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވައި، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޚިދުމަތް ދެއްވޭނެ އިންތިޒާމުތަކެއް ހަމަޖެއްސެވުމާ ބެހޭގޮތުންވެސް ރައީސް ވަހީދު މަޝްވަރާ ކުރައްވާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.