ރާއްޖޭގެ ޚަބަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހުމާމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުމާމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުމާމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހުމާމްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 އެހައިކަންހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުމާމް ހުއްޓާ އޭނާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ. އަދި އެވަގުތު ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އަށް ޝަރީއަތުގެ މަޖިލީހުގައި ހުމާމް އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެއެވެ.

ހުމާމްގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު މަސްތުވާތަކެތި ބޭނުން ކުރުމުގެ ދެ މައްސަލައެއް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން މިދިޔަ މާޗް މަހުގައި ހަ އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

މީގެ އިތުރުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ހުމާމްގެ މައްޗަށް ހުކުމް ކޮށްފައިވާއިރު ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ އިތުރުން ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ވެސް ހުމާމްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.