ރައީސް މުރުސީ އަށް ތާއިދުކުރާ ބަޔަކު ނަމާދުކުރަށް ތިއްބާ މިޞްރުގެ އަސްކަރިއްޔާއިން ބަޑިޖަހައިފި
ރައީސް މުރުސީ އަށް ތާއިދުކުރާ ބަޔަކު ބޭއްވި އެއްވުމެއްގައި މީހުން ނަމާދުކުރަށް ތިއްބާ މިޞްރުގެ އަސްކަރިއްޔާއިން އެމީހުންގެ ތެރެއަށް ބަޑިޖަހައިފި.
މިޞްރުގެ ވެރިކަމުން ދުރުކޮށްފައިވާ އެޤައުމުގެ އިންތިޚާބީ ރައީސް އައްސަޔިދު ޑރ. މުޙައްމަދު މުރުސީ-حفظه الله-ގެ ވެރިކަމަށް ތާއިދުކޮށް އަދި އެމަނުކުފާނަށް ވެރިކަށް ހަވާލުކުރުމަށް އެދި ޞުލުޙަވެރިކަމާއި އެކު މިޞްރުގައި ބާއްވަމުން އަންނަ އެއްވުންތައް ރޫޅާލުމަށް މިޞްރުގެ ބަޣާވާތުގެ އަސްކަރިއްޔާއިން އަންނަނީ ބާރުގެ ބޭނުންކުރަމުންނެވެ. މިގޮތުން މިޞްރުގެ އުތުރު ސީނާގެ "އަލްޢަރީޝް" އޭ ކިޔުނު ސިޓީގެ މުނިސިޕަލްޓީ ޢިމާރާތުގެ ކުރިމަތީގައި ބޭއްވި ޞުލުޙަވެރި އެއްވުމުގެ ބައިވެރިން ޢަޞްރު ނަމާދުކުރައް ތިއްބާ އެމީހުންގެ ތެރެއަށް މިޞްރުގެ "ބާޣީ" އަސްކަރިއްޔާއިން ޙަމަލާދޭ ވީޑިއޯ އެއް އާއްމުވެއްޖެކަމަށް ޢަރަބި އޮންލައިން ސައިޓެއްކަމަށްވާ 'އިސްލާމު މެމޯ" އިން ހާމަކޮށްފިއެވެ.
އެސައިޓުގައި ސާޢިއުކޮށްފައިވާ ވީޑިއޯ ގައި ނަމާދަށް ތިބި މީހުންގެ ގެ ތެރެއަށް ބަޑިޖެހަށް ފަށާނީ އެމީހުން ސަޖިދާގައި ތިއްބައެވެ.މިކަމުގެ ސަބަބުން ނަމާދަށް ތިބި މީހުންތައް ދުވައިގަންނަ މަންޒރު ފެނިގެން ދެއެވެ. އަދި ނަމާދުގެ ޖަމާޢަތުގައި އަންހެނުންނާއި ކުޑަކުދިންވެސް ތިބިތަން ފެނެއެވެ. އަދި އަނެއްކޮޅުން ބައެއްމީހުން ޒަޚަމުވެގެން ވެއްޓިފައިވާ މަންޒަރުވެސް ފެނިގެންދެއެވެ. އަދި ޒަޚަމުވި ބައެއްމީހުން އެ ސިޓީގެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް މަޢުލޫމާތި ލިބެއެވެ.
އަނެއްކޮޅުން ބައެއްފަރާތަކުން ހާމަކުރާގޮތުގައި މިޢަމަލުން ހަދާން އާވެގެންދަނީ 2011 ވަނަ އަހަރު މިޞްރުގެ ކުރީގެ ރައީސް މުބާރަކުގެ ވެރިކަމާއި ދެކޮޅަށް ޞުލުޚަވެރިކަމާއި އެކު އިހްތިޖާޖުކުރަމުން ދިޔާ ބަޔަކު ނަމާދަށް ތިއްބާ އެޤައުމުގެ ފުލުހުން ބަޑިޖެހި ޙަދިޘާކަމަށެވެ. އަދި އެއީވެސް ހަމަ ޢަޞްރުނަމާދެއް ކުރައް ތިއްބާކަށް ފާހަގަކޮށްލެވެއެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...