ރާއްޖޭގެ ޚަބަރު “ރޯދަމަހާއި ރޯއްޖާ”ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވްކުރަނީ

“ރޯދަމަހާއި ރޯއްޖާ”ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވްކުރަނީ

“ރޯދަމަހާއި ރޯއްޖާ”ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިރޭ ވިލިމާލޭ ބޯޅަދަނޑުގައި ޕީސް ފައުންޑޭޝަންގެ ފަރާތުން “ރޯދަމަހާއި ރޯއްޖާ” މި ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ރޭޑިއޯ އެޓޯލް 96 އެފްއެމް އިން ލައިވް ކުރާގޮތައް ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަން އިން ހާމަކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ވިއްސާރަވުމުގެ ސަބަބުން ފަސްކުރެވުނު މި ދަރުސް އޮންނަގޮތަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައި ވިލިމާލެ ބޯޅަދަނޑުގައެވެ. އަދި މިރޭ ވިއްސާރަ ވެއްޖެނަމަ، ވިލިނގިލި މިސްކިތް މަސްޖިދުލް އިޚްލާސްގައި ދަރުސް އޮންނާނެ ކަމަށްވެސް އެޖަމިއްޔާއިން ހާމަ ކުރެއެވެ. މި ދަރުސް ދެއްވާގޮތަށް ހަމަޖެހިފައިވަނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް އެވެ.
މި ދަރުސް އަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޕީސްފައުންޑޭޝަންގެ ވަރަށްބޮޑު އެދުމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.