ދުނިޔެ މިޞްރުގެ ޙާލަތާމެދު ޝެއިޚް އާސިމް އަލްޙަކީމްގެ ޙިކުމަތުގެ ބަސްކޮޅެއް

މިޞްރުގެ ޙާލަތާމެދު ޝެއިޚް އާސިމް އަލްޙަކީމްގެ ޙިކުމަތުގެ ބަސްކޮޅެއް

މިޞްރުގެ ޙާލަތާމެދު ޝެއިޚް އާސިމް އަލްޙަކީމްގެ ޙިކުމަތުގެ ބަސްކޮޅެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއީ މިޞްރުގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުރްސީ (ޙަފިޡަހުﷲ) މަޤާމުން ދުރުކޮށް މިޞްރުގެ އަސްކަރިއްޔާއިން ބުދަދުވަހު ބަޣާވާތެއްކޮށް އިސްލާމީ ސިޔާސީ ފިކުރު ނައްތާލަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔެއްކަމަށްވާ ފަޟީލަތުއްޝައިޚް އާސިމް އަލްޙަކީމް ފޭސްބުކްގައި ދެއްވާފައިވާ ކުޑަ ބަޔާނެއްގެ ދިވެހި ތަރުޖަމާއެވެ. މަސްރަޙް ދިރާސާކޮށް ހަޤީޤަތަށް ވާޞިލްވާން ބޭނުން ބަޔަކަށް މަންފާއެއްކޮށްފާނެ ކަމަކަށް ފެންނާތީ ޝާއިޢުކޮށްލީއެވެ. ޝެއިޚްގެ ބަސްކޮޅުގައި ވަނީ:

"ޑިމޮކްރަސީއަކީ ބޮޑު އޮޅުވާލުމެކެވެ. އަދި އެއީ އިސްލާމްދީނާ އިދިކޮޅު އެއްޗެއްމެއެވެ. ލާޗާރީންނަށް ރަނގަޅު ގޮތާއި އެނޫން ގޮތަކީ ކޮބައިކަން ކިޔައެއް ނުދެވޭނެއެވެ. ޑިމޮކްރަސީއަކީ މުޅިންވެސް މިއީއެވެ. ޑިމޮކްރަސީ ޙިމާޔަތްކުރުމުގެ ބަހަނާގައި ޤައުމުތަކަށް އަރައިގަންނަ މީހުން އެމީހުންގެ އަޞްލު ތަޞައްވުރު ހާމަކޮށްދެނީ އިސްލާމްދީނަށް ޙަމަލާދެވޭ ކޮންމެ ފަހަރަކުއެވެ. މިޞްރަކީ އެކަހެރި ޙާދިޘާއެއް ނޫނެވެ. ދެމިއޮންނަން އެމީހުން ބޭނުން ނުވަނީ އިސްލާމްދީނެވެ. ހަމަ އިސްލާމީ ޤައުމުތަކުންވެސް އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް ބަލަނީ ޙަޤީޤީ އިސްލާމްދީން ކުރިއަރާނެ ގޮތްތައް މައިތިރިކުރާށެވެ. އަށްޑިހައިގެ އަހަރުތަކުގައި، އަލްޖީރިއާގައި އިސްލާމްދީން އިންތިޚާބްތައް ކާމިޔާބުކުރުމުން ޑިމޮކްރަސީއަށް ވީ ގޮތް އަޅުގަނޑުމެންނަށް އެނގެއެވެ. މިޤަރުނު ފެށުނުތަނާ ޙަމާސްއިން ކާމިޔާބުކުރުމުން، ޒަޔަނިސްޓުންނާއި އެމީހުންގެ ވާގިވެރިން ރައްޔިތުންގެ ނިންމުން ފުނޑުފުނޑުކޮށްލި ގޮތް އަޅުގަނޑުމެންނަށް ފެނުނެވެ. މިޞްރުގެ ރައްޔިތުންނަށް އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެއެވެ. ރަނގަޅަށްވުރެ އެކަމުން ނުކުންނާނެ ގެއްލުން މާ ބޮޑެވެ. މުސްލިމުންނަށް އޮތީ އެނބުރި ރުޖޫޢަވެ، ރައްޔިތުން ތަރުބިއްޔަތުކޮށް ޤުރުއާނާއި ސުންނަތަށް އެމީހުން ގެނައުމެވެ. މުސްލިމުން އެމީހުންގެ ގެތަކަށް ރުޖޫޢަވެ ލޭއޮހޮރުވުމުގެ ހުރިހާ ގޮތެއް ހުއްޓުވަން ޖެހެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "ޙައްޤަކާ ނުލާ ލޭއޮހޮރުވުމަށްވުރެ، މުޅި ދުނިޔެ ހަލާކުވެ ދިޔުންވެސް ﷲގެ ޙަޟްރަތުގައި ފަސޭހަކަން ބޮޑެވެ."

 

އާސިމް އަލްޙަކީމްގެ ބަސްކޮޅު އިނގިރޭސިން:

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.