“ނަރަކައިން ސަލާމަތްވުމަށް” މިނަމުގައި އައްޝައިޚް އިލްޔާސް ހުސައިންގެ ދަރުސްއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޖުލައި 2013 ވާ ހޮނިހިރު ދުވަހުގެ ރޭ 08:45 ގައި ކާނިވާ ސަރަހައްދުގައެވެ.
މިދަރުސްއަށް ފަހު ސުވާލާއި ޖަވާބު ޝެސަންއެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ދަރުހުގައި ބައިވެރިވާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ ޑރ މުޙައްމަދު އިޔާޟް އާއި އައްޝައިޙް މުޙައްމަދު ނަޝީދު އާއި އައްޝައިޙް މުޙައްމަދު ލަތީފް ގެ އިތުރުން ޝައިޙް އިލްޔާސް ހުސައިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...