ރާއްޖޭގެ ޚަބަރު މަލީޝާއަށް ފައިސާ ދެއްކި 126 މީހުންގެ ތެރެއިން މިއަހަރު ހައްޖަށް ގެންދާނެ މީހުން ހޮވައިފި

މަލީޝާއަށް ފައިސާ ދެއްކި 126 މީހުންގެ ތެރެއިން މިއަހަރު ހައްޖަށް ގެންދާނެ މީހުން ހޮވައިފި

މަލީޝާއަށް ފައިސާ ދެއްކި 126 މީހުންގެ ތެރެއިން މިއަހަރު ހައްޖަށް ގެންދާނެ މީހުން ހޮވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަލީޝާއަށް ފައިސާ ދެއްކި 126 މީހުންގެ ތެރެއިން ސަރުކާރުން ހައްޖަށް ގެންދާ 32 މީހަކު ގުރުއަތުން ހޮވައިފި އެވެ.

ގުރުއަތު ނެގުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ގުރުއަތުލުން ލާފައިވަނީ ފައިސާ ދެއްކި މީހުންގެ ތެރެއިން އަމިއްލަ ނަފްސަށް ފަރުޟު ހައްޖުވާ މީހުންގެ މެދުގަ އެވެ.

ފައިސާ ދެއްކި މީހުން ފައިސާ ދައްކާފައި ވަނީ އެ މީހުންގެ މަހުރަމަކާއެކު ހައްޖަށް ދެވޭ ގޮތަށް ކަމަށާ ގުރުއަތުން 35 މީހަކު ހޮވާނަމަ، ބައެއް މީހުންގެ މަހުރަމުންނަށް ހައްޖަށް ނުދެވޭނެ ކަމަށް ބުނެ ގުރުއަތު ނެގުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ބައެއް ފަރާތްތަކުން ނުރުހުންފާޅުކޮށްފައިވާއިރު، މިއަދު ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ ގުރުއަތުގައި ބައިވެރިވާ މީހުންގެ ތެރޭގައި ދެމަފިރިއަކު ވާނަމަ ދެމެފިރިންގެ ނަން އެއް ކަރުދާސްކޮޅެއްގައި ބާއްވައިގެންނެވެ. އަދި މަހްރަމުންގެ ނަންތައް ވެސް އެއް ކަރުދާސްކޮޅެއް ލިޔެގެނެވެ.

ސަރުކާރުގެ އެހީގައި ހައްޖަށް ގެންދާ 32 މީހަކު ގުރުއަތުން ހޮވާފައިވާއިރު މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.