ރާއްޖޭގެ ޚަބަރު ނަމާދާއި ގުޅޭ ދިވެހި އެޕްލިކޭޝަން އެއް ތަޢާރަފް ކުރަނީ

ނަމާދާއި ގުޅޭ ދިވެހި އެޕްލިކޭޝަން އެއް ތަޢާރަފް ކުރަނީ

ނަމާދާއި ގުޅޭ ދިވެހި އެޕްލިކޭޝަން އެއް ތަޢާރަފް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ނަމާދާއި ގުޅޭ އެޕްލިކޭޝަން އެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

މިކަމާ ބެހޭ ގޮތުން އެޖަމިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި މި އެޕްލިކޭޝަން އަކީ ނަމާދުގެ ވަގުތުތައް ދެނެގަތުމަށާއި، ނަމާދެއް ރަނގަޅު ގޮތުގައި ކުރުމަށް، މުސްލިމުން ދެނެގަންނަންޖެހޭ އަސާސީ ކަންކަން ހިމަނައިގެން ތައްޔާރުކުރާ އެޕްލިކޭޝަން އެއް ކަމަށެވެ.

އަދި މި އެޕްލިކޭޝަންއަކީ ހުރިހާ ފަންތިއެއްގެ މީހުނަށްވެސް ފަސޭހަވާނޭ ގޮތަށް، ދިވެހިބަހުން ތައްޔާރުކުރަމުންދާ "އެންޑްރޮއިޑް" މޮބައިލް އެޕްލިކޭޝަން ސޮފްޓްވެއަރ އެއްކަމަށް ވެސް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

 މީގެ އިތުރުން މި އެޕްލިކޭޝަން ތަޢާރަފް ކުރާގޮތަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 09:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށްވެސް އެޖަމިއްޔާއިން ހާމަކުރެއެެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.