ރާއްޖޭގެ ޚަބަރު ”ފިޤުހުއްސުއްނާ“ ގެ ދެވަނަ ބައި ރޯދަ މަހުގެ ތެރޭގައި ނެރެނީ

”ފިޤުހުއްސުއްނާ“ ގެ ދެވަނަ ބައި ރޯދަ މަހުގެ ތެރޭގައި ނެރެނީ

”ފިޤުހުއްސުއްނާ“ ގެ ދެވަނަ ބައި ރޯދަ މަހުގެ ތެރޭގައި ނެރެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޒްހަރު ޔުނިވަރސިޓީގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް އަލްއުސްތާޛް އަލްމަރުޙޫމް ޞައްޔިދު ޞާބިޤު ލިޔުއްވާފައިވާ “ފިޤުހުއްސުއްނާ” ގެ ދެވަނަ ވޮލިއުމްގެ ދިވެހި ތަރުޖަމާ ރޯދަ މަހުގެ އިހްޔާ ފޯރަމްގެ ތެރޭގައި ނެރެން މަސައްކަތް ކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު، އިސްލާމިކް މިނިސްޓްރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފިގުހުއް ސުންނާގެ ފުރަތަމަ ބައި ނެރެފައިވާއިރު، ދެ ވަނަ ބައި ރޯދަ މަހުގެ އިހްޔާ ފޯރަމްތެރޭގައި އާއްމުންނާ ހަވާލުކުރާނެ ކަމަށާއި އަދި އިސްލާމީ ފިގުހު ދިވެހި ބަހަށް ތަރުޖަމާކުރުމަކީ އެ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއްކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރޯދަ މަހުގެ އިހްޔާ ފޯރަމްގެ ތެރޭގައި އެ ފޮތް އާއްމުންނަށް ލިބޭނެ ގޮތް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށެވެ.

”ފިޤުހުއްސުއްނާ“ ގެ ފުރަތަމަ ވޮލިއުމް ދިވެހި ބަހުން ތަރުޖަމާކުރައްވާފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުގެ ނައިބު ރައީސް އައްޝައިހް އަހުމަދު ފާރޫގް މުހައްމަދު އެވެ.

”ފިޤްހުއް ސުއްނާ” މި ފޮތަކީ ފިޤުހުގެ އެންމެހާ ބާބުތަކުގެ މައްޗަށް ތަރުތީބު ކުރެވިފައިވާ، އަޅުކަމާއި، މާލީ މުޢާމަލާތާއި، ވިޔަފާރިއާއި، ހެއްކާއި، ޤަރީނާ އާއި، ކައިވެއްޔާއި ވަރިއާއި، ޖިނާޔަތާއި، ފަނޑިޔާރުކަމާއި، މިފަދަ އެތައް އެތައް މުޙިންމު ފިޤުޙީ ބާބުތަކަށް ތަރުތީބު ކުރެވިފައިވާ، އަދި މިފަހުގެ ޤަރުނުގައި ލިޔެވިފައިވާ އެންމެ މަޝްހޫރު ފިޤްޙް ފޮތްކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.