ރާއްޖޭގެ ޚަބަރު

ޙާފިޡު ކަމުގެ ތާޖާއި ޝަރަފު ހޯއްދެވި ޢަދާލަތު ޕާޓީގެ މެންބަރުންނަށް ޢަދާލަތުން މަރުހަބާ ކިޔައިފި

އަލްޙާފިޡު ޢަބްދުއްރައޫފް ޢަބްދުލްޣަފޫރު | ފޮޓޯ: ރައީސް އޮފީސް

ޙާފިޡު ކަމުގެ ތާޖާއި ޝަރަފު ހޯއްދެވި ޢަދާލަތު ޕާޓީގެ މެންބަރުންނަށް ޢަދާލަތުން މަރުހަބާ ކިޔައިފިއެވެ.

ޢަދާލަތު ޕާޓީއިން އިއްޔެ އާންމުކޮށްފައިވާ ބަޔާނުގައިވަނީ "28 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ކީރިތި ޤުރުއާން ހިތްޕުޅުން ދަސްކުރައްވައިގެން ޙާފިޟުކުރުމުގެ ތާޖާއި ޝަރަފު ޢަދާލަތު ޕާޓީގެ ދެމެންބަރުން ހޯއްދަވައިފައިވާކަމަށާއި ޕާޓީގެ މެންބަރުންނަކީ ލ. ގަން ތުނޑި އަލްޙާފިޡު ޢަބްދުރަޢޫފު ޢަބްދުލް ޣަފޫރާއި ހދ. ވައިކަރަދޫއަށް އުފަން މާލޭ ދަފުތަރު އަލްޙާފިޡާ ޙުސްނާ ޙުސައިން"ކަމަށެވެ.

މީގެ އިތުރުން "ޙާފިޡު ކަމުގެ ތާޖާއި ޝަރަފު ހޯއްދެވި ޢަދާލަތު ޕާޓީގެ ދެމެންބަރުންނަށާއި ޙާފިޒުކަމުގެ ތާޖާއި ޝަރަފު ހޯއްދެވި އަނެއް ދެބޭފޫލުންނަށާއި ޤުރުއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އެކި ވަނަ ތަކަށް ހޮވުނު ފަރާތްތަކަށް މަރުޙަބާ ދަންނަވާ"ކަމަށްވެސް ޢަދާލަތުގެ ބަޔާނުގައިވެއެވެ.

ޤުރުއާން ހިތުދަސް ކުރައްވައިގެން ޙާފިޡު ކަމުގެ ތާޖާއި އިނާމް ލިބިފައިވާ ފަރާތްތަކަކީ އަލްޙާފިޡާ ޙުސްނާ ޙުސައިނަށާއި، އަލްޙާފިޡު ޢަބާން ޢަބްދުﷲ އަށާއި، އަލްޙާފިޡު ޢަބްދުއްރައޫފް ޢަބްދުލްޣަފޫރު އަދި އަލްޙާފިޡާ ޚަދީޖާ އިބްރާހީމް އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *