ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.
އާޒިމް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަން އެމްޑީޕީން ކަށަވަރުކޮށްދޭއިރު އާޒިމް ވެސް ވަނީ އޭނާ އެ ގޮތަށް ނިންމެވި ކަން ޓްވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައިވާއިރު، އާޒިމްގެ ޓްވިޓާގައި އޭނާ ވިދާޅުވީ އޭނާ ކުރިއަށް ވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެ ކަމަށާއި ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.
އާޒިމް ޑީއާރްޕީއާ ވަކިވެ ވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު އެނާއަކީ ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރެވެ.
އާޒިމް އެމްޑީޕީ އަށް ސޮއިކުރެއްވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަކީ ރައީސް މުހައްމަދު ވަހީދުގެ ރަނިން މޭޓްކަން އިއުލާންކުރެއްވުމާ އެކުއެކީގަ އެވެ.

















ޚިޔާލު