ރާއްޖޭގެ ޚަބަރު

ރަމަޟާންމަހަށް ފަލަސްތީނުގެ އިމާމުންނާއި ޢިލްމުވެރިން ރާއްޖެ އަށް ގެންނަނީ

ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުކަން ކުރައްވާނެ ބައެއް އިމާމުން ފަލަސްޠީނުން ރާއްޖެއަށް ފޮނުއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ބައިތުލްމަގްދިސްއާ ބެހޭ ހަތަރުވަނަ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވުމަށް ފަލަސްތީނަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުންނާއި ފަލަތީނަށް ކުރެއްވި ރަސްމީދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަހީދު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުކަން ކުރައްވާނެ ބައެއް އިމާމުން ފަލަސްތީނުން ފޮނުވާނެކަމަށް ފަލަސްޠީނުގެ ރައީސް ވިދާޅުވި ކަމަށެވެ.

ރައީސް ވަޙީދު އިތުރަށް ވިދާޅުވީ، އިމާމުންގެ އިތުރުން ޖޯޑަންއިން ރާއްޖެއަށް ރޯދަމަހާ ދިމާކޮށް އިލްމުވެރިން ފޮނުވަން ހަމަޖެހިފައިވާ ކަމަށާއި އަދި އެހެން ބައެއް ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *