ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި ގޮތް ދޫކޮށް އެހެން ޝަޚްސިއްޔަތެއްގެ ފަހަތުން ދިއުމަކީ ﷲ ގެ ޢަޛާބާއި ކޯފާއަށް ވާޞިލުވާނެ ސަބަބެއްކަމަށް އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝައިޚް އާދަމް ޝަމީމް މިހެން ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފުގެ 39 ވަނަ "ހަފްތާ ނަޞޭޙަތް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޙް އާދަމް ޝަމީމް އިތުރަށް ވިދާޅުވީ ނަބިއްޔާއަށް ވުރެ އެހެން މީހެއް ދެކެ ލޯބިވުމާއި އެކަލޭގެފާނު ގެނެސްދެއްވި ގޮތްކޮޅަށް ވުރެ އެހެން ގޮތްތަކެއް މީހަކު ބަލައިގަތުމަކީވެސް ﷲ ގެ ޢަޛާބާއި ކޯފާއަށް ވާޞިލުވާނެ ސަބަބެއްކަމަށެވެ.
އަދި ރަސޫލާ صلى الله عليه وسلم އެންގެވިގޮތަށް، އެކަލޭގެފާނު ދެއްކެވި މަގުން ހިނގައިފި މީހަކު ސުވަރުގެއަށް ވާޞިލުވުމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށް ވެސް ޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
“ހަފްތާ ނަޞޭޙަތް” އަކީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުރާސްފަތި ދުވަހެއްގައި އެ ޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާއިޢުކުރަމުންގެންދާ ވީޑިއޯ ސީލްސިލާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...