ރާއްޖޭގެ ޚަބަރު ސިފައިންނާއި ފުލުހުންނަށް ތުބުޅި ބެހެއްޓުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ކާމިޔާބެއް: އަދާލަތު

ސިފައިންނާއި ފުލުހުންނަށް ތުބުޅި ބެހެއްޓުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ކާމިޔާބެއް: އަދާލަތު

ސިފައިންނާއި ފުލުހުންނަށް ތުބުޅި ބެހެއްޓުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ކާމިޔާބެއް: އަދާލަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ސިފައިންނާއި ފުލުހުންނަށް ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ތުބުޅި ބެހެއްޓުމުގެ ފުރުސަތު އެ ދެ މުއައްސަސާއިން ދެއްވުމަކީ، ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާ ކުރުމަށާއި ސުންނަތަށް ނަސްރުދިނުމަށްޓަކައި ފަރުދުންނާއި ޖަމާޢަތްތަކާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އަދާލަތު ޕާޓީން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ މިކަމަށް ޢަދާލަތުން މަރުޙަބާކިޔާ ކަމަށާއި މިކަމަކީ މި ދެ މުއައްސަސާގައި މަސައްކަތް ކުރައްވާ ގިނަ ޢަދަދެއްގެ ބޭކަލުން ބޭނުންފުޅުވެގެނެ، މިކަމަށް މަގުފަހިވޭތޯ މަސައްކަތް ކުރައްވަމުން އައި ކަމެއްކަމަށެވެ. އަދި މިއީ އިސްލާމް ދީނާއި އަސާސީ އިންސާނީ ޙައްޤުތަކުގެ ދަށުން ހަމަކޮންމެ މީހަކަށްމެ ލިބެންޖެހޭ އަސާސީ ޙައްޤެއްކަމުގައިވެސް ޢަދާލަތުން ދެކޭ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އިސްލާމް ދީނަށް ނަސްރުދިނުމަށްޓަކައި މިދެމުއައްސަސާގެ ވެރިން މިއަދު މިނިންމެވި ނިންމެވުމަކީ ނުހަނު ހިތްވަރުގަދަ ނިންމެވުމެއްކަމަށާއި އެކަމަށްޓަކައި އެމުއައްސަސާތަކުގެ ވެރިންނަށާއި އެކަމަށްޓަކައި މަސައްކަތްކުރެއްވި އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާ ކަމަށް ވެސް އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.