ރާއްޖޭގެ ޚަބަރު ތުއްތު ކުއްޖާ މަރާލިކަމުގެ ދައުވާ ލިބޭ ފޭދޫ ދެމަފިރިންނަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދީފި

ތުއްތު ކުއްޖާ މަރާލިކަމުގެ ދައުވާ ލިބޭ ފޭދޫ ދެމަފިރިންނަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދީފި

ތުއްތު ކުއްޖާ މަރާލިކަމުގެ ދައުވާ ލިބޭ ފޭދޫ ދެމަފިރިންނަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޭދޫ އަންހެންކުއްޖާ ވިހެއި ތުއްތު ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި "ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފައިވާ ދެމަފިރިންނަށް ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ކްމިނިނަލް ކޯޓުން ދީފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ށ. ފޭދޫ ބްލޫހެވަން އަބްދުލްޣަފޫރު ގާސިމް އާއި އޭނާގެ އަނބިމީހާ އެ ރަށު ވައިމަތީއާގޭ އަޒީޒާ އިބްރާހީމްގެ މައްޗަށެވެ.

މީގެކުރިން މިދެމީހުންގެ ވަކީލެއްގެ ގޮތުގައި ހަމަޖެހުނު ވަކީލް މައްސަލަ ދޫކޮށްލާފައި ވާއިރު މިކަމާ ގުޅޭގޮތުން ކުރިމިނަލް ކޯޓުން ބުނެފައިވަނީ ދައުލަތުން އުފުލާފައިވާ ހުރިހާ ޝަރީއަތްތަކެއް ވެސް ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ފަހު ކަމަށް އެ ދެ މީހުން ބުނެފައިވާ ކަމަށާ ވަކީލަށް ބޮޑު ޚަރަދެއް ކުރަން ޖެހޭތީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް އެ ދެ މީހުން މިއަދު ބުނެފައިވާތީ އެ ފުރުސަތު ކޯޓުން ދީފައިވާ ކަމަށެވެ.

މިދައުވާގެ އިތުރުން އަޒީޒާގެ މައްޗަށް އިތުރު ދައުވާއެއް ވެސް ވަނީ އުފުލާފައެވެ. އެއީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގިކަން އެގިހުރެ އެ މައުލޫމާތު ފުލުހުންނަށް ނާންގައި ހުރުމުގެ ކުށުގެ ދައުވާ އެވެ.

އަދި ހަމަ މިއާއެކު އަބްދުލްޣަފޫރު ގާސިމް މައްޗަށް އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.