ރާއްޖޭގެ ޚަބަރު މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަމީހަކު އަތުލައިގެންފި

މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަމީހަކު އަތުލައިގެންފި

މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަމީހަކު އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރީހިނގުމާއި ޗަނބޭލީމަގު ގުޅުނު ހިސާބުގައި ތިބި ދެ މީހަކަށް ތޫނު ހަތިޔާރުން ހަމަލަ ދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ ތަޙުޤީޤަށް ފުލުހުން ހޯދަމުންދިޔަ މ. ލޮނުމިދިލިގެ، ޝަރުފާން ޢަބްދުއްރައްޒާޤު އަޙްމަދު (19އ) އާއި އޭނާ ފިލުމަށް އެހީތެރިވެ ދިންކަމަށް ތުހުމަތުކުރެވޭ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ހާމަކުރިގޮތުގައި މި މީހުން ފުހުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މ. ނިކޯޝިއާ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުން ރޭ 11:00 ހާއިރު ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މ. ލޮނުމިދިލިގެ، ޝަރުފާން ޢަބްދުއްރައްޒާޤު އަޙްމަދު (19އ) ގެ އިތުރުން އުމުރުން 32 އަހަރުގެ ފިރިހެނަކާއި އުމުރުން 27 އަހަރުގެ ފިރިހެނަކާއި އުމުރުން 20 އަހަރުގެ އަންހެނެއް ކަމަށެވެ.

މީގެ އިތުރުން މިމީހުންތިބި މ. ނިކޯޝިއާގެ ބަލައިފާސްކުރިކުރުމުން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.