ރާއްޖޭގެ ޚަބަރު ކުއްޖާ އެބޯޓްކުރުމަށްފަހު މަރާލިކަމުގެ ދައުވާ މަންމަ އާއި ބައްޕަގެ މައްޗަށް އުފުލައިފި

ކުއްޖާ އެބޯޓްކުރުމަށްފަހު މަރާލިކަމުގެ ދައުވާ މަންމަ އާއި ބައްޕަގެ މައްޗަށް އުފުލައިފި

ކުއްޖާ އެބޯޓްކުރުމަށްފަހު މަރާލިކަމުގެ ދައުވާ މަންމަ އާއި ބައްޕަގެ މައްޗަށް އުފުލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފާއިތުވި އަހަރުގެ ތެރޭގައި ސ. މަރަދޫފޭދޫގައި ކުއްޖަކު އެބޯޓްކުރުމަށްފަހު އެރަށު އަތިރިމަތީގައިވަޅުލި މައްސަލައިގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ކުއްޖާގެ މަންނަ ކަމަށްވާ މަރަދޫފޭދޫ ޝޭމްރޮކް، އައިމިނަތު ޝާހީ އަދި ކުއްޖާގެ ބައްޕަ މަރަދޫފޭދޫ ފިނިފެންމާގޭ އިބްރާހިމް ވިޝާމްގެ މައްޗަށެވެ.

ދައުލަތުންކުރި މި ދައުވާގެ ބައެއް ކަންތައްތަކަށް އެކުއްޖާގެ މަންމަ އެއްބަސްވެ ފައިވާއިރު މުޅި ދައުވާ އަށް އެ ކުއްޖާގެ ބައްޕަ ވަނީ އިންކާރުކޮށްފައެވެ.

ދައުލަތުން އުފުލާ ދައުވާގައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ޝާހީ ކައިވެނިކޮށްގެން ބަލިވެ އިނދެ 20 ވަނަ ހަފުތާގައި ވިހާފައިވާ ކުއްޖާ ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށާ އަދި ބަލިވެ އިނދެ ދަރިވައްޓާލުމުގެ ނިޔަތުގައި، ވައްޓާލަން ބޭނުންކުރާ ބޭސް ބޭނުންކޮށްފައިވާ ކަމަށާއި ބަނޑުގައި ރިއްސުމުން ވެސް ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށެވެ. އަދި އޭނާ ވިހެއުމުން ފިރިމީހާ ދަރިފުޅު ކޮތަޅަކަށް ލައިގެން ގޮސް އަތިރިމަތީގައި ވަޅުލާފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ. މީގެ އިތުރުން އެ ސަރަހައްދަށް ފުލުހުން ގޮސް އެތަން ކޮނެގެން، ކޮތަޅަކަށް ލާފައި އޮތް ކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ ކުއްޖާ މަރުވެފައި ވަނީ އޭގެ ފަހުން ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

މިމައްސަލައާ ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ އެ ދެ މަފިރިން އެ ކުއްޖާ އެބޯޓްކޮށްލީ ކުއްޖަކު ހޯދުމުގެ ވިސްނުން އޭރު ނެތުމުންނާއި ފައިސާގެ ދަތިކަން އުޅޭތީ ކަމަށް އެ ދެ މީހުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.

ވަކީލަކު ހަމަޖައްސުމަށް މި ދެ މީހުން ވެސް ޝަރީއަތުގެ މަޖިލީސް އެދިފައިވާއިރު ގާޒީ ވަނީ އެ ފުރުސަތު އެ ދެ މީހުންނަށް ވެސް ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.