ރާއްޖޭގެ ޚަބަރު "ޢިލްމީ ފޯވަހި" ގެ ދެވަނަ ސެމިނާ އަންނަ ހޮނިހިރު ދުވަހު

"ޢިލްމީ ފޯވަހި" ގެ ދެވަނަ ސެމިނާ އަންނަ ހޮނިހިރު ދުވަހު

"ޢިލްމީ ފޯވަހި" ގެ ދެވަނަ ސެމިނާ އަންނަ ހޮނިހިރު ދުވަހު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ޢިލްމީ ފޯވަހި" މިނަމުގައި ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ސިލްސިލާ ސެމިނާރ ތަކުގެ ދެވަނަ ސެމިނާ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ސެމިނާއާ ބެހޭގޮތުން ޤައުމީ ޔުނިވަރސިޓީން ހާމަކުރި ގޮތުގައި މި ސެމިނާއަކީ "މަރުގެ ޙުކުމަކީ އިޙްތިޔާރީ ޙުކުމެއްހޭ ނުވަތަ ލާޒިމް ޙުކުމެއް ހެއްޔޭ" މި މަޢުޟޫއަށް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ހުށައަޅައިދޭ ސެމިނާއެއް ކަމަށެވެ.

މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީން ހާމަކުރާ ގޮތުގައި މި ސެމިނާރ ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ޖޫން 2013 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:45 ގައި ޔުނިވަރސިޓީގެ ފެކަލްޓީ އެޑިއުކޭޝަންގެ އޮޑިޓޯރިއަމް ގައި ކަމަށެވެ. އަދި ހަމަމިއާއެކު މި ސެމިނާއަކީ އާއްމުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ސެމިނާއެއް ކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ހާމަކުރެއެވެ.

"ޢިލްމީ ފޯވަހި" ގެ ފުރަތަމަ ސެމިނާ ހުށައަޅާފައި ވަނީ “އިސްލާމް ދީނުގެ ލުއިފަސޭހަކަން” މި މަޢުޟޫއަށް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.