ބާރު ސްޕީޑުގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މާލެތެރޭގައި ދުއްވާފައި ދިޔަ 04 ސައިކަލެއް 15 ދުވަހުގެ މުއްދަތަށް ޓޯވް ކޮށްފަައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ހާމަކުރި ގޮތުގައި މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 08:00 ން ފެށިގެން 26 ވަނަ ދުވަހުގެ ހެނދުނު 08:00 އަށް ޓްރެފިކް ޕޮލިހުން ހާއްސަ އޮޕަރޭޝަން އެއް ކުރިއަށް ގެންދިޔަ ކަމަށާއި މި އޮޕަރޭޝަނުގައި ބޮޑުތަކުރުފާނުމަގު ކޭކޭ ކައިރިން ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ 02 ސައިކަލަކާއި ޖަނަވަރީ ހިނގުމުން ދުއްވާފައި ދިޔަ ސައިކަލެއްގެ އިތުރުން ބޮޑުތަކުރުފާންމަގު ޓޯވް ޔާރޑް ކައިރިން ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ވަނީ ޓޯވް ކޮށްފައި ވާކަމަށެވެ.
މީގެ އިތުރުން މި އޮޕަރޭޝަންގެ ދަށުން މިރޭވެސް މާލެތެރޭގައި ޙާއްސަ އޮޕަރޭޝަނެއް ޓްރެފިކް ޕޮލިހުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވާކަމަށް ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...