ރާއްޖޭގެ ޚަބަރު ނަމާދަށް ހުރި މީހެއްގެ ދަބަހެއް ފޭރިގަން މީހަކު ފުލުންނާ ހަވާލުކޮށްފި

ނަމާދަށް ހުރި މީހެއްގެ ދަބަހެއް ފޭރިގަން މީހަކު ފުލުންނާ ހަވާލުކޮށްފި

ނަމާދަށް ހުރި މީހެއްގެ ދަބަހެއް ފޭރިގަން މީހަކު ފުލުންނާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްކަންދަރު މިސްކިތުގައި ނަމާދުކުރަން ހުރި މީހެއްގެ ދަބަހެއް ފޭރިގަނެގެން ފިލަން އުޅުނު މީހަކު ހިފެހެއްޓުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އިސްކަންދަރު މިސްކިތުގެ ތަނބެއްކައިރި ދަބަސް ބަހައްޓާފައި ދަބަސް ކައިރީ ނަމާދުކުރަން ހުއްޓައި ދަބަސް ފޭރިގަނެގެން ދަނިކޮށް ދަބަހުގެ ވެރިމީހާ ނަމާދަށް ހުރުމަށް ފަހު އޭނާ ފަހަތުން ގޮސް ވަނީ އެމީހާ ހިފަހައްޓައިފައެވެ.

މިކަމާ ގުޅިގެން ދަބަހުގެ ވެރިމީހާ ބުނެފައިވަނީ އެ ދަބަހުގައި އޮތީ 22500.ރގެ ކެމެރާއެއް ކަމަށާއި ދަބަސް ފޭރިގަތް މީހާ ހިފެހެއްޓުމަށް ފަހު ދަބަސް ދިނުމަށް ބުނުމުން ދަބަހަކީ އެމީހާގެ އެއްޗެއް ކަމަށް ބުނެ ދަބަސްހިފައިގެން ފިލަން އުޅުނު ކަމަށެވެ.

އެ ވަގުތުން އެ ސަރައްދަށް އެއްވެ ފޭރުނު މީހާ ވަށަލައިގެން ގިނަ ބަޔަކު ތިއްބައި ފުލުހުން ވަނީ އެ ސަރައްދަށް ގޮސް އެމީހާ ފުލުސް އޮފީހަށް ގެންގޮސްފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.