ރާއްޖޭގެ ޚަބަރު ހުޅުދުއްފާރަށް މިއަދު ހެނދުނު ހޮނު އަޅައި ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ

ހުޅުދުއްފާރަށް މިއަދު ހެނދުނު ހޮނު އަޅައި ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ

ހުޅުދުއްފާރަށް މިއަދު ހެނދުނު ހޮނު އަޅައި ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރ. ހުޅުދުއްފާރަށް މިއަދު ހެނދުނު ހޮނު އަޅައި އެ ރަށުގެ ބައެއް ތަކެއްޗަށް ގެއްލުންވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ހުޅުދުއްފާރު ކައުންސިލް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ރަށުގެ އުތުރުކޮޅުގެ 10 ވަރަކަށް ގޭގޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ހަލާކުވެފައި ވާކަމަށާއި އޭގެ ތެރޭގައި ޓީވީ އާއި ކޮމްޕިއުޓަރު ސިސްޓަމް އަދި ފޯނު ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

ހުޅުދުއްފާރުގައި ހުރި ދިއިސްލާމްގެ ނޫސްވެރިއާ މައުލޫމާތު ދިންގޮތުގައި ބާރު ގުގުރިއަކާ އެކު ހޮނު އެޅާފައި ވަނީ ހެނދުނު 7:20 އެހާކަންހާއިރު ކަމަށާއި އެވަގުތު މުޅިރަށުން ކަރަންޓު ކެޑިގެން ދިޔަ ނަަމަވެސް މިހާރު ކަރަންޓު ލިބިފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.