ރާއްޖޭގެ ޚަބަރު ފައިސާ ޑޮލަރުން ބަލައިގަންނަ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށައަޅައިފި

ފައިސާ ޑޮލަރުން ބަލައިގަންނަ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށައަޅައިފި

ފައިސާ ޑޮލަރުން ބަލައިގަންނަ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށައަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްޖު ފައިސާ ޑޮލަރުން ބަލައިގަންނަ މައްސަލަ ބަލައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށައަޅައިފިއެވެ.

މިކަމާ ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވުމުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ ވިދާޅުވީ ޙައްޖު ފައިސާ ޑޮލަރުން ބަލައިގަންނަމުން ދާކަމަށް ބުނެ މިނިސްޓްރީ އަށް ޝަކުވާ ހުށައަޅަމުން އަންނަކަމަށާއި އެހެންކަމުން މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މި މައްސަލް ބަލައިދިނުމަށް އެދި ފުލުހުންނަށް އަންގާފައި ވާނޭކަމަށެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ  ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް މިނިސްޓްރީއިން ކުންފުނިތަކާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ކުންފުނިތަކަށް ކުރިއަށް އޮތް ތަނުގައި ޙައްޖަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ޙައްޖު ދަތުރުގެ އަގުގެ ގޮތުގައި މި އަހަރު ބޮލަކަށް ކަނޑައަޅާފައިވާ 67،000ރ. ދައްކަން ޖެހެނީ ދިވެހި ރުފިޔާ އިން ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން މީގެ ކުރިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ 8 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ދޫކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ މިނާ ހައްޖު އުމްރާ އާއި ޔޫއެސް އިންވެސްޓްމަންޓާއި ސިސިލްފަރު ހައްޖު އެންޑް އުމުރާ އާއި ކުރީގެ އެކްރޯ ކުންފުންޏާއި އަލްބަޓްރޮސް އިންޓަނޭޝަނަލް އާއި އަތަމާ ހައްޖު ކުންފުންޏާއި ޒައީމާ ކުންފުނީގެ އިތުރުން ހަމަލަތުލް އިހްލާސުލް ލިލް ހައްޖު ވަލްއުމުރާ ކުންފުންޏެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.