ރާއްޖޭގެ ޚަބަރު ވައްކަމުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު އެއްމަސްދުވަހަށް ހުޅުމާލެއަށް ނޭރޭ ގޮތަށް އަމުރެއްނެރެފި

ވައްކަމުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު އެއްމަސްދުވަހަށް ހުޅުމާލެއަށް ނޭރޭ ގޮތަށް އަމުރެއްނެރެފި

ވައްކަމުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު އެއްމަސްދުވަހަށް ހުޅުމާލެއަށް ނޭރޭ ގޮތަށް އަމުރެއްނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ހުޅުމާލެއިން ވަގަށް ނަގައި މީހުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތުކުރެވޭ، މީހަކު އެއްމަސްދުވަސްވަންދެން ހުޅުމާލެއަށް ނޭރޭ ގޮތަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.

ވައްކަމުގެ މައްސަލަތަކުގެ ތުހުމަތާ ގުޅިގެން ހުޅުމާލެއަށް ނޭރޭ ގޮތަށް ހުކުމް ކޮށްފައިވަނީ މާލޭގައި ދިރިއުޅޭ ޢުމުރުން 19 އަހަރުގެ ޒުވާނަކަށް ކަމަށް ވާއިރު، އޭނާގެ މައްޗަށް  ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މާލޭގައި އުޅޭ އުޅުމުގައިވެސް 15 ދުވަސްވަންދެން އޭނާއަށް ހަމައެކަނި ބޭރަށް ދެވޭނީ އޭނާ ކްލާހަށް ކިޔަވަންދާންޖެހޭ ގަޑިތަކުގައި އެކަންޏެވެ. އެއީ ރޭނގަޑު 19:00 ން 21:00 އަށެވެ. އެގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސް ބެލިއިރު، ވަގަށް ނަގާފައިވާ ކަަމަށް ބެލެވޭ ގިނަ އަދަދެއްގެ ބޭރު ފައިސާ އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެކި ދުވަސް މަތިން ވަގަށް ނަގާފައިވާ ކަަމަށް ބެލެވޭ ބައެއް ތަކެތި އޭނާގެ އަތުން ހޯދައި އެތަކެތި އެއިގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.