ރާއްޖޭގެ ޚަބަރު ހުއްދަ ނުނަގައި ގޭގޭގައި ޓޫރިސްޓުން ބައިތިއްބާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ޓޫރިޒަމް މިނިސްޓްރީ

ހުއްދަ ނުނަގައި ގޭގޭގައި ޓޫރިސްޓުން ބައިތިއްބާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ޓޫރިޒަމް މިނިސްޓްރީ

ހުއްދަ ނުނަގައި ގޭގޭގައި ޓޫރިސްޓުން ބައިތިއްބާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ޓޫރިޒަމް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަޖިސްޓަރީކޮށްފައިވާ ހުއްދަ ނުނަގައި ގޭގޭގައި ޓޫރިސްޓުން ބައިތިއްބާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް އަދި ހޮޓާ ފަދަ ތަންތަން ފިޔަވައި މާލެ، ހުޅުމާލެ، ވިލިނގިލި އަދި އަތޮޅުތަކުގެ ގޭގޭގައި ޓޫރިސްޓުން ބައިތިއްބައި އަދި އެ ފަދަ ތަންތަން ވިއްކުމަށް އިޝްތިހާރު ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާ ރާއްޖޭގައި އެއްވެސް ޓޫރިސްޓް ހޮޓަލެއް ނުވަތަ އެއްވެސް ގެސްޓް ހައުސްއެއް ހިންގަންވާނީ، އެ ތަނެއް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް އެފަދަ ތަންތަން ހިންގުމަށް އެ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.

މިއިއުލާނުގައި އިތުރަށް ބުނެފައިވަނީ މާލެ އާއި ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ގޭގައި ކުއްޔަށްދޭ ކޮޓަރިތައް ހެދުމަށް ފަހު އެތަންތަން އޮންލައިންކޮށް ބުކިން ހަދައިގެން ވިއްކަމުން ގެންދާ ކަމަށާއި އެފަދަ ތަންތަނުގައި ހޮޓާ ނުވަތަ ގެސްޓް ހައުސް ހިންގުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަވެފައި ނުހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.