ރާއްޖޭގެ ޚަބަރު ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ޚުތުބާ ކިޔުން ހުއްޓުވަންޖެހޭ: ޑރ ޝަހީމް

ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ޚުތުބާ ކިޔުން ހުއްޓުވަންޖެހޭ: ޑރ ޝަހީމް

ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ޚުތުބާ ކިޔުން ހުއްޓުވަންޖެހޭ: ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ޚުތުބާ ކިޔުން ހުއްޓުވުމަކަށް ގެންނަންޖެހޭކަމަށް ޑރ ޝަހީމް ވިދާޅުވެއްޖެއެވެ.

ދިއިސްލާމްއަށް ދިން ބަސްދީގަތުމެއްގައި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ "ދައުލަތުގެ ކަނޑަ އަޅާފައިވާ އިމުގެ ތެރެއިން ބޭރުން ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ޚުތުބާ ކިޔުން ހުއްޓުވުމަށް ގޮވާލާ"ކަމަށެވެ.

ޑރ ޝަހީމް އިތުރަށް ވިދާޅުވީ "ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިޔަ އެތައް ބަޔަކު ރާއްޖޭގެ އިޚްލާސްތެރި އެކިއެކި ޢިލްމުވެރިންގެ މަތިވެރި މަސައްކަތުން އަލުން މުސްލިމުންގެ ޖަމާއަތުގެ ތެރެއަށް ގެނެވިފައިވާކަން ފާހަގަ ކުރާ"ކަމަށެވެ.

ވަކިން ޖަމާއަތް ހެދުމުގެ ތާރީހަށް އިޝާރާތް ކުރައްވާ ޑރ ޝަހީމް ވިދާޅުވީ "މިކަމަކީ މީގެ 15 އަހަރު ވަރަކަށް ކުރިން ހިނގަމުން އައިކަމެއް ކަމަށާއި 2008 އިން 2011 އާއި ދެމެދި މިކަން ވަރުގަދަވީ ސިޔާސީ ބައެއް ފަރާތްތަކުގެ އެހީތެރިކަން އެބައި މީހުންނަށް ލިބިގެން"ކަމަށެވެ. އަދި "ވަކިން ޖަމާއަތް ހަދައިގެން ޚުތުބާ ކިޔަންޖެހޭ ޝަރުއީ ހަމައެއް ނުފެންނަ"ކަމަށާއި "މިއީ ރާއްޖޭގެ ޢިލްމުވެރިންވެސް ހުއްދަ ކުރާ ކަމެއްވެސް ނޫން"ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"މިކަން ހުއްޓުވުމަކަށް ގެނައުމަށް އިލްތިމާސްކުރަން. ދައުލަތުން ކަނޑައަޅާ ހަމަތަކުން އެއްކިބާވެ މިފަދަ ކަންކަން ހިންގުމަކީ ގަބޫުލު ކުރެވޭނެ ކަމެއް ނޫން. މީހުން ހެޔޮމަގަށް ގެނައުމަށާއި އިސްލާމް ދީނުގައިވާ ރިވެތި އުސޫލްތައް މީސްތަކުންގެ ތެރޭގައި ފެތުރުއްވާ ހިކްމަތްތެރި އޯގާތެރިކަމާއި އެކީ މަސައްކަތް ކުރެއްވުމަށް ރާއްޖޭގެ އެންމެހާ ޢިލްމުވެރިންގެ އަރިހުން އެދޭ"ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.