ރާއްޖޭގެ ޚަބަރު ޓެރަރިޒަމްއާއި ދެކޮޅަށް ހަނގުރާމަ ކުރަން ރާއްޖެ ވެސް ނުކުންނަން ޖެހޭ: ބަންޑާރަ ނާއިބު

ޓެރަރިޒަމްއާއި ދެކޮޅަށް ހަނގުރާމަ ކުރަން ރާއްޖެ ވެސް ނުކުންނަން ޖެހޭ: ބަންޑާރަ ނާއިބު

ޓެރަރިޒަމްއާއި ދެކޮޅަށް ހަނގުރާމަ ކުރަން ރާއްޖެ ވެސް ނުކުންނަން ޖެހޭ: ބަންޑާރަ ނާއިބު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓެރަރިޒަމްއާއި ދެކޮޅަށް ހަނގުރާމަ ކުރަން ރާއްޖެ ވެސް ނުކުންނަން ޖެހޭކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިސް ވެރިންނަށް ޓެރަރިޒަމާ ގުޅޭ ގޮތުން ބޭއްވި ޓްރޭނިންގެ ޕްރޮގްރާމު ނިންމުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނާއިބު އައިޝަތު ބިޝާމް ވިދާޅުވީ "އެއް ބަޔަކު މަސައްކަތް ކުރި ނަމަވެސް ޓެރަރިޒަމްގެ އަމަލުތައް ނުހުއްޓުވޭނެ ކަމަށާއި، ބޭރު ގައުމުތަކާއި ތަޖުރިބާކާރު މާހިރުންގެ އެހީގައި ޓެރަރިޒަމްއާއި ދެކޮޅަށް ހަނގުރާމަ ކުރަން ރާއްޖެ ވެސް ނުކުންނަން ޖެހޭ"ކަމަށެވެ. އަދި އެކަމަނާ ވިދާޅުވީ "ޓެރަރިޒަމަށް މަގުފަހިވާ ކަންތައްތައް އެއްކޮށް ހުއްޓިގެން ނޫނީ އެދެވޭ ނަތީޖާއެއް ނުނުކުންނާނެ ކަމަށާއި، ޓެރަރިޒަމްގެ އަމަލުތައް ސަރުކާރަށް ހުއްޓުވޭނީ އެކަމަށް މަގުފަހިވާ މަގުތައް ބަންދު ކުރެވިގެން"ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ "ރާއްޖޭގައި އޮތް ޓެރަރިޒަމްގެ ގާނޫނަ ށްވެސް ބަދަލު ތަކެއް ގެނެސް އަދި އެގާނޫނު ފުރިހަމަ ކޮށްގެން ނޫނީ ހެޔޮ ބަދަލެއް ނުފެންނާނެ"ކަމަށްވެސް ބަންޑާރަނައިބް ވިދާޅުވިއެވެ.

'ސެމިނާ އޮން ރިފައިނިން ކައުންޓާ ޓެރަރިޒަމް ސްޓްރެޓެޖީ' މިނަމުގައި ކުރިއަށް ގެންދިޔަ ސެމިނާގައި ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް ވަނީ ގިނަ ވާހަކަ ތަކެއް ދެކެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.