ރާއްޖޭގެ ޚަބަރު ރައީސް ވަހީދުގެ ކޯލިޝަންއިން މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވާނީ

ރައީސް ވަހީދުގެ ކޯލިޝަންއިން މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވާނީ

ރައީސް ވަހީދުގެ ކޯލިޝަންއިން މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވާނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ވަހީދުގެ ކޯލިޝަންއިން މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވާން ހަމަޖެއްސައިފިއެވެ.

ރައީސް މުހައްމަދު ވަހީދު އާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ މެމްބަރުންނާ ބައްދަލުކުރުމަށް ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށް ގައުމީ އިއްތިހާދު ޕާޓީގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވިއެވެ. ނަލަހިޔާ ހޮޓަލުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައިވިދާޅުވީ އައްބާސް އާދިލް ރިޒާ ވިދާޅުވީ "ޑީއާރުޕީ އާއި އަދާލަތާއި ގައުމީ އިއްތިހާދު އަދި ގައުމީ ޕާޓީން ކޯލިޝަން ހެދުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާ އަކީ އެ ޕާޓީތަކުގެ މެމްބަރުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރަން ބާއްވާ ޖަލްސާއެއް" ކަމަށެވެ. އަދި އައްބާސް އާދިލް ރިޒާ ވިދާޅުވީ "ރާއްޖޭގެ ސިޔާސީ މާހައުލުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ ޖަލްސާގައި އެ ކަންބޮޑުވުންތަކައް ފިލައިގެންދާނެ" ކަމަށެވެ.

ކޯލިޝަނުން ބޭއްވި ނޫސްކޮންފަރެންސްގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި "ކޯލިޝަން ހެދުމުގެ މަގްސަދާއި އެނޫން ވެސް ކޯލިޝަނާ ގުޅޭ މުހިއްމު މައުލޫމާތުތައް ހާމަކުރުން" ބޮޑު ޖަލްސާގައޮ އޮންނާނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.