ފާއިތުވި އަހަރު ވެސްޓް ޕާކް ކައިރީގައި މަރާލި މ. ފެއަރީކޯނާ އަލީ ޝިފާންގެ މަރުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުން އިއްޔެ ޕީޖީ އަށް ފޮނުވައިފިއެވެ.
ޝިފާން މަރާލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި 6 މީހެއްގެ މައްޗަށް ދައުވާކޮށްފައި ވާއިރު އެ 6 މީހުންނަކީ ޅ. ކުރެންދޫ މާފަހި މުޙައްމަދު އާސިފާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާނާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒުގެ އިތުރުން މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ.
މި މައްސަލާގައި ގުޅިގެން މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުންކުރި ހުކުމްގައި ބުނެފައިވަނީ މި ހަމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ މަރުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މައްސަލަ އިތުރަށް ދިރާސާކުރުމަށް ފަހު ވީ އެންމެ އަވަހަކަށް އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅާނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...