ރާއްޖޭގެ ޚަބަރު ޑރ. އަފްރާޝީމް މަރާލި ކަމަށް ހުމާމް ޝަރީއަތުގައި އެއްބަސްވެއްޖެ

ޑރ. އަފްރާޝީމް މަރާލި ކަމަށް ހުމާމް ޝަރީއަތުގައި އެއްބަސްވެއްޖެ

ޑރ. އަފްރާޝީމް މަރާލި ކަމަށް ހުމާމް ޝަރީއަތުގައި އެއްބަސްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް މަރާލި ކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހުމަދު މިއަދު ޝަރީއަތުގައި އެއްބަސްވެއްޖެ އެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ހުމާމް ބުނެފައިވަނީ އަފްރާޝީމް މަރާލީ އޭނާ އާއި ޝާން އާއި މި މައްސަލައިގައި ހައްޔަރުކުރި ކުޑަކުއްޖާ ބައިވެރިވެގެންނެވެ. އަދި އަފްރާޝީމު މަރާލުމުގެ ކަންތައް ރޭވީ އެމައްސަލާގައި ހައްޔަރުކުރި ސިފައިންގެ މީހެއްކަމަށްވާ އަޒުލިފް ރައޫފު ކަމަށާއި އެކަމަށް ފައިސާ ދޭނެކަމަށް ބުނީ އަބުދުﷲ ޖާވިދާއި އޭނާގެ ބޭބެ ޖަނާ ކަމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމު ބުންޏެވެ.

އަފްރާޝީމް މަރާލީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށާއި ނަމަވެސް އެ ފައިސާ މުޅިން ނުލިބޭ ކަމަށް ހުމްމާމް ޝަރީއަތުގައި ބުންޏެވެ. އޭނާ ބުނީ އެފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ އެޑްވާންސްކޮށް ލިބިފައިވާ ކަމަށް އަޒްލީފް އޭނާ ކައިރީގައި ބުނެފައިވާ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ހުމާމު ވަނީ ދެ މީހަކު މަރައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަމަށް ވެސް އިއުތިރާފުވެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.