ދީނީ މިނިވަންކަން ދިނުމުގެ ވިސްނުމަށް ސަރުކާރުން އިހުތިރާމުކުރާ މިންވަރު މިދިޔަ އަހަރު ވަނީ އިތުރަށް ދަށަށް ގޮސްފައިވާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.
މިހެން އެމެރިކާ ސަރުކާރުން ބުނެފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އާއްމު ކުރި “އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރިޕޯޓް”ގައެވެ.
މީގެއިތުރުން ރާއްޖޭގައި ސިޔާސީ ގޮތުން ދީން ބޭނުންކުރުން އިތުރުވުމުގެ ސަބަބުން ކްރިސްޓިއަން ދީނަށާއި ޔަހޫދީ ދީނަށް ފުރައްސާރަކުރުން އިތުރުވެ، އިސްލާމް ދީނުގެ މެދުމިނުގެ އުސޫލަތަކަށް ގޮވާލާ ފަރާތްތަކަށް ދަތިތައް ކުރިމަތިކުރުން އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން މިދިޔަ އަހަރު ވެސް ސަރުކާރަށް ބާރުއަޅާފައިވާ ކަމަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ މިރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ދީނީ ގޮތުން ގެންގުޅޭ ވިސްނުމުގެ ސަބަބުން މުޖުތަމައުގެ ތެރެއިން ވެސް ތަފާތު ދަތިތައް މިދިޔަ އަހަރު ކުރިމަތިވެފައިވާކަމަށާ އެގޮތުން ދާރުލް އާސާރުގައި ހުރި އާސާރީ ބުދުތަކަކަށް ގެއްލުން ދިނުމާއި، ބުރުގާ ނާޅާ އަންހެނުންނާއި މޫނު ބުރުގާ އަޅާ އަންހެނުންނާ ދިމާކުރުމާއި އަދި ދީނީ ޖަމިއްޔާތަކުން ޓެކްސީ ޑްރައިވަރުންނަށް ފައިސާ ދީގެން ޓެކްސީތަކުގައި ދީނީ ފަތުވާ ޖެހުން އިތުރުވެފައި ވާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...