ރާއްޖޭގެ ޚަބަރު ބޭނުންދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ދިވެހި ސަރުކާރަށް އެމެރިކާއިން ބާރުއަޅައިފި

ބޭނުންދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ދިވެހި ސަރުކާރަށް އެމެރިކާއިން ބާރުއަޅައިފި

ބޭނުންދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ދިވެހި ސަރުކާރަށް އެމެރިކާއިން ބާރުއަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ މިނިވަންކަމުގެ ހައްގަށް އިހުތިރާމް ކުރުމަށާއި އިހުތިޔާރުކުރާ ދީނަކަށް އުޅުމުގެ ހައްގު ކުރިއެރުވުމަށް ދިވެހި ސަރުކާރަށް ބާރުއަޅާފައިވާނެ ކަމަށް އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ.

މިހެން އެމެރިކާ ސަރުކާރުން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އާއްމު ކުރި "އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރިޕޯޓް"ގައެވެ.

މި ރިފޯޓްގައި އިތުރަށް ބުނެފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަ އެޅުމަށް ގޮވޭ ގޮވުންތައް މަދުކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި އެމެރިކާ އެމްބަސީން ބައިވެރިވާކަމަށާއި ދީނީ މިނިވަންކަން ނަގައިލުމާއި ދީނީގޮތުން ތަފާތު ވިސްނުންތަކަށް ޖާގަ ނުދިނުމާއި ދީނީ މިނިވަންކަމަށް ސަރުކާރުން ހުރަސް އެޅުމާއި ކުރިއަށް ވުރެ ހަރުކަށި އިސްލާމީ އުސޫލަކަށް ބާރު އަޅާ ކަމުގެ ރިޕޯޓްތައް ހާއްސަކޮށް ފެބްރުއަރީ މަހު ސަރުކާރު ބަދަލުވިފަހުން އިތުރުވެފައި ވާކަމަށެވެ.

މީގެ އިތުރުން ދީނީ ގޮތުން ރުޅިވެރި ގޮވައިލުންތައް ސިޔާސީ ކަންކަމުގައި ބޭނުންކުރުން އިތުރުވެފައިވާ ކަމުގެ ރިޕޯޓްތައް އިތުރުވެފައިވާ ކަމަށާއި ނަސޯރާ ދީނާއި ޔަހޫދީ ދީނަށް ފުރައްސާރަކުރުމުގެ ވާހަކަތައް އޭގެ ސަބަބުން ދެކެވޭ ކަމަށްވެސް މި ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.

އަދި ހަމަ މިއާއެކު މި ރިޕޯޓުގައި އިސްލާމްދީން ނޫން އެހެންދީނަކަށް އުޅުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ހުއްދަ ކުރާކަމެއް ނޫންކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.