ރާއްޖޭގެ ރައްޔިތުން މިއަދާއި ހަމައަށް އުފާފާގަތި ކަމާއި، ސުލްހަވެރިކަމާއި އެކުވެރިކަމާއެކު އުޅެމުން އައުމުގެ ސިއްރަކީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ގައުމިއްޔަތާއި އިސްލާމް ދީނުގެ ބަދަހި ގުޅުން ކަމަށައް ޕީޕީއެމްގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ އައްޑޫގައި ހުންނަވައިގެން "މިއަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ، "މިއަދާއި ހަމައަށް ތިބޭފުޅުން މޫނުމަތިން ތި ފެންނަ އާދަޔާ ޚިލާފު ރީތި ހިނިތުންވުމުގައި އަޅުގަނޑުމެން އުޅެމުންދިޔަ ކަމުގެ ސިއްރަކީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ގައުމިއްޔަތާއި އިސްލާމް ދީނުގެ ބަދަހި ގުޅުންކަމަށެވެ، އަދި ޕީޕީއެމްގެ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމީއްޔަތާއި އިސްލާމް ދީން ދިރުވަން ކަމަށާއި، ގައުމުގެ ސުލްހަވެރިކަމާއި އުފާ ފާގަތިކަން އޮތީ އެސިޔާސަތުގެ ދަށުން"ކަމަށެވެ.
މީގެއިތުރަށް އޭނާ ވިދާޅުވީ މި އަހަރު އުފެދޭ ޕީޕީއެމްގެ ސަރުކާރު ވާނީ ރާއްޖޭގައި ހީނަރުވަމުންދާ އިޖުތިމާއީ ފޭރާމާއި ގައުމިއްޔަތުގެ ލޯބި އަލުން ދިރުވައި މީގެ ކުރިން ވެސް ދިވެހިންގެ ތެރޭގައި އޮތް ހިތްފަސޭހަ އަމާން ސުލްހަވެރި ގައުމިއްޔަތަށް ލޯބި ކުރާ އަދި އިސްލާމް ދީނުގެ ވަހުދަތުގެ މަތީގައި ދެމި ތިބޭ ގައުމަކަށް ހަދައި ދިނުން ކަށަވަރުކޮށްދޭ ސަރުކާރަކަށް ކަމަށެވެ.
ޕީޕީއެމްއަކީ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތް ދޭނެ ޕާޓީއެއް ކަމަށާއި، ޕީޕީއެމްގެ ސިޔާސަތަކީ ރައްޔިތުން އުފަލުން ބަލައިގަންނާނެ މެނިފެސްޓޯއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...