ރާއްޖޭގެ ޚަބަރު އިޝްތިހާރު ނުދެއްކީ ޕޮލިސީ އާއި ޤާނޫނާ ޤަވާއިދުތަކުގެ ތެރެއިން ދެއްކޭވަރުގެ އިޝްތިހާރަކަށްނުވާތީ: ރާއްޖެޓީވީ

އިޝްތިހާރު ނުދެއްކީ ޕޮލިސީ އާއި ޤާނޫނާ ޤަވާއިދުތަކުގެ ތެރެއިން ދެއްކޭވަރުގެ އިޝްތިހާރަކަށްނުވާތީ: ރާއްޖެޓީވީ

އިޝްތިހާރު ނުދެއްކީ ޕޮލިސީ އާއި ޤާނޫނާ ޤަވާއިދުތަކުގެ ތެރެއިން ދެއްކޭވަރުގެ އިޝްތިހާރަކަށްނުވާތީ: ރާއްޖެޓީވީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"އިސްލާމް ދީނުގެ ދިފާއުގައި ދިވެހީން" މިނަމުގައި މި މަހުގެ 1 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމެއްގައި އައްޝައިޚް އިލްޔާސް ޙުސައިން ދައްކަވާފައިވާ ވާހަކައިގެ ސީޑީގެ އިޝްތިހާރު ރާއްޖެ ޓީވީން ނުދެއްކީ އެ އިޝްތިހާރަކީ އެތަނުގެ ޕޮލިސީ އާއި ރާއްޖޭގައި ހެދިފައި ހުރި ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ދެއްކޭވަރުގެ އިޝްތިހާރަކަށް ނުވާތީ ކަމަށް ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިކާމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޔާމިން ސަން އޮންލައިންގައި ވިދާޅުވެފައި ވާގޮތުގައި ރާއްޖެޓީވީން ދައްކާ ކޮންމެ އެއްޗަކީ އެބޭފުޅުން އެއަށް ޒިންމާ ވާންޖެހޭ އެއްޗެއް ކަމަށާއި ޤާނޫނީ ގޮތުން އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ އިޝްތިހާރު ނުދެއްކީ ކަމަށެވެ.

ރާއްޖެ ޓީވީން މިހެން ހާމަކޮށްފައި ވީނަމަވެސް އެ އިޝްތިހާރުގައި އިލްޔާސް ވިދާޅުވެފައި ވަނީ ދިވެހި ގައުމުގެ ތަޚުތަށް އައި ބޭފުޅަކަށް ފޯނު ކޮށްފައި ހެޔޮނުވާނޭ ގައުމާ މުޚާތަބު ކުރާއިރު އެންމެ މަދުވެގެން ރަސޫލާ އަށް ހަމްދުކުރަމޭ ވިދާޅުވުމަށް އޭނާ އެދުމުން "އެކަލޭގެ" މައްޗަށް ތިމަންނާ ސަލަވާތް ކިޔަވަން ނުޖެހޭނެ ކަމަށް އެ ބޭފުޅަކު ވިދާޅުވި ކަމަށެވެ.

އިޝްތިހާރު ދެއްކުމަށް ރާއްޖެ ޓީވީން ދެކޮޅު ހެދި ނަމަވެސް ޓީވީއެމް އަދި ދި ޓީވީ އިން ވެސް އެ އިސްތިހާރު ދައްކާފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.