ރާއްޖޭގެ ޚަބަރު ކަރެކްޝަނަލް ޓްރެނިންގ ސެންޓަރ ފޮރ ޗިލްޑްރަންސްގެ މިދިޔަ އަހަރުގެ ދަސްވެނިވުން ބާއްވައިފި

ކަރެކްޝަނަލް ޓްރެނިންގ ސެންޓަރ ފޮރ ޗިލްޑްރަންސްގެ މިދިޔަ އަހަރުގެ ދަސްވެނިވުން ބާއްވައިފި

ކަރެކްޝަނަލް ޓްރެނިންގ ސެންޓަރ ފޮރ ޗިލްޑްރަންސްގެ މިދިޔަ އަހަރުގެ ދަސްވެނިވުން ބާއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކަރެކްޝަނަލް ޓްރެނިންގ ސެންޓަރ ފޮރ ޗިލްޑްރަންސްގައި 2012 ވަނައަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ދަސްވެނިވުން ބާއްވައިފިއެވެ.

ރޭ ފޭދޫ ފިނޮޅުގައި މިކަމާ ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެސެންޓަރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟްއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރުން ކުރިއަށް ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވި ދަރިވަރުންނަށް ވަރަށް ގިނަ ޢިލްމު ލިބި، ވަރަށް ގިނަ ތަޖުރިބާތަކަކާއި ރަނގަޅު އާދަތައް ދަސްވެގެން ގޮސްފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްތަކުން ލިބުނު ތަޖުރިބާއާއި ހުނަރުތައް ކުރިއަށް އޮތްތާނގައި ރަނގަޅު ގޮތުގައި ބޭނުން ހިފާނެކަމަށް އުއްމީދު ކުރައްވާކަމަށާއި މި ޕްރޮގްރާމްތައް ނިންމައި މުޖުތަމައަށް ނުކުންނަށްއިރު ތަފާތު މީހުންނާއި ދިމާވާނެކަމަށާއި އެއިން މީހަކަށް ތިމާ ޤަބޫލު ކުރާ އުސޫލުތައް ބަދަލުކުރިޔަ ދިނުމުގެ ފުރުސަތު ނުދިނުމަށް ދަރިވަރުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް އެދިވަޑައިގަތެވެ.

މީގެ އިތުރުން ދަސްވެނިވެ ސަނަދު ހާސިލްކޮށްފައިވާ ކުދިން ޤާނޫނާއި ޚިލާފު އެއްވެސް އަމަލެއް ނުކުރުމަށާއި ޤާނޫނާއި ޚިލާފު އަމަލެއްގައި އެއްވެސް ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނުޖެހޭނެކަމަށް އުއްމީދުކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް އޮފިސަރުންނާއި ބައެއް ކޮމިޝަންޑް އޮފިސަރުންނާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޕާމަނަންޓް ސެކްރެޓަރީއާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ އިތުރުން ޕްރޮގްރާމްތަކުގައި ބައިވެރިވި ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ކަރެކްޝަނަލް ޓްރެނިންގ ސެންޓަރުން މިދިޔަ 2012 ވަނަ އަހަރު ތަފާތު 6 ޕްރޮގްރާމެއް ހިންގާފައި ވެއެވެ. އޭގެ ތެރޭގައި ސެޓްފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އާއި ބޭސިކް އެވެއަރނަސް ޕްރޮގްރާމް އޮން އިލެކްޓްރިކަލް ވަޔަރިންގ އާއި ލައިފް ސްކިލްސް ޕްރޮގްރާމާއި ފަތަން ދަސްކޮށްދޭ ޕްރޮގްރާމާއި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމެއްގެ އިތުރުން ކުރެހުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ހިމެނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.