ރާއްޖޭގެ ޚަބަރު ޑޮކްޓަރުންގެ މުސާރަ މުރާޖަޢާ ކުރައްވައި އާ އޮނިގަނޑެއް އެކުލަވައިލެއްވުމަށް ރައީސްއަށް ލަފާ އަރުވައިފި

ޑޮކްޓަރުންގެ މުސާރަ މުރާޖަޢާ ކުރައްވައި އާ އޮނިގަނޑެއް އެކުލަވައިލެއްވުމަށް ރައީސްއަށް ލަފާ އަރުވައިފި

ޑޮކްޓަރުންގެ މުސާރަ މުރާޖަޢާ ކުރައްވައި އާ އޮނިގަނޑެއް އެކުލަވައިލެއްވުމަށް ރައީސްއަށް ލަފާ އަރުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑޮކްޓަރުންގެ މުސާރަ މުރާޖަޢާ ކުރައްވައި އާ އޮނިގަނޑެއް އެކުލަވައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މިގޮތަށް ލަފާއަރުއްވާފައި ވަނީ މިއަދު ބޭއްވި ކެބިނެޓް ޖަލްސާގައި ޑޮކްޓަރުންގެ މުސާރަ މުރާޖައާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި އެވެ.

ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލެއްވުމަށް ފަހު، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވައިލައްވާ އިރު، މިކަމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނުއްވުމަށާއި އަދި 1 ޖަނަވަރީ 2014 އިން ފެށިގެން މި އޮނިގަނޑު ތަންފީޒު ކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވައިފައި ވެއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެފައިވަނީ ފެންވަރު ރަނގަޅު ޑޮކްޓަރުން ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދެވޭނީ، ޑޮކްޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވައިގެން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރެއްވެން ހުރި ކަންތައްތަކާއި އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.