ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަށް ފައިސާ ދައްކަން ޖެހޭނީ ދިވެހި ރުފިޔާ އިން ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޖު ދަތުރުގެ އަގުގެ ގޮތުގައި މި އަހަރު ބޮލަކަށް ކަނޑައަޅާފައިވާ 67،000ރ. ދައްކަން ޖެހެނީ ދިވެހި ރުފިޔާ އިން ކަމަށެވެ.
ކުންފުނިތަކަށް ފައިސާ ދައްކަން ޖެހޭނީ ދިވެހި ރުފިޔާ އިން ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާއިރު، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ހައްޖަށް ދިއުމަށް ފައިސާ ދައްކާ ބައެއް ކުންފުނިތަކުން ޑޮލަރުން ފައިސާ ދެއްކުމަށް މަޖުބޫރު ކުރުވާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ 8 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ދޫކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ މިނާ ހައްޖު އުމްރާ އާއި ޔޫއެސް އިންވެސްޓްމަންޓާއި ސިސިލްފަރު ހައްޖު އެންޑް އުމުރާ އާއި ކުރީގެ އެކްރޯ ކުންފުންޏާއި އަލްބަޓްރޮސް އިންޓަނޭޝަނަލް އާއި އަތަމާ ހައްޖު ކުންފުންޏާއި ޒައީމާ ކުންފުނީގެ އިތުރުން ހަމަލަތުލް އިހްލާސުލް ލިލް ހައްޖު ވަލްއުމުރާ ކުންފުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...