ރާއްޖޭގެ ޚަބަރު އައިޖީއެމްއެޗު އިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އައިޖީއެމްއެޗު އިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އައިޖީއެމްއެޗު އިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައި.ޖީ.އެމް ހޮސްޕިޓަލުގެ ވޯރޑްތަކުން ވައްކަން ކުރިކަމަށް ތުޙުމަތުކުރެވޭ މީހަކު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައެއް ތަކެއްޗާއެކު، ފުލުހުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހާމަކުރާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ 2 ބީޓެއް އައި.ޖީ.އެމް ހޮސްޕިޓަލަށް ދިޔައިރު ޢާންމުގެ ބަޔަކު އެމީހާ ހިފަހައްޓައިގެން އުޅެނިކޮށް ކަމަށެވެ.

މީގެ އިތުރުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރިއިރު ހޮސްޕިޓަލުގެ ވޯރޑްތަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 02 ފޯން ފެނިފައި ވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.