ރާއްޖޭގެ ޚަބަރު ގާސިމްގެ މަރުގެ މައްސަލާގައި ފޭރުމުގެ ހުކުމް އިއްވުން 21 ވަނަ ދުވަހު

ގާސިމްގެ މަރުގެ މައްސަލާގައި ފޭރުމުގެ ހުކުމް އިއްވުން 21 ވަނަ ދުވަހު

ގާސިމްގެ މަރުގެ މައްސަލާގައި ފޭރުމުގެ ހުކުމް އިއްވުން 21 ވަނަ ދުވަހު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު މަގުމަތިން ފޯނެއް ފޭރިގަނެގެން ސައިކަލުގައި ފިލަން ދުއްވި ދެ މީހަކު އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި މަރުވި ޢަބްދުﷲ ގާސިމް އިބްރާހީމް މަރުގެ މައްސަލައިގައި ސައިކަލް ދުއްވާން އިން މީހާގެ މައްޗަށް ދައުލަތުން ކުރި، ޖަމާއަތް ހަދައިގެން ފޭރުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވުން މި މަހުގެ 21 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ޖަމާއަތް ހަދައިގެން ފޭރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައިވާ ގއ. ގެމަނަފުށީ ނޫރުއްސަބާހު އަހްމަދު ނާދީ ސަލީމްގެ މައްޗަށް  ހުކުމް އިއްވުމުގެ ޝަރީއަތް މި މަހުގެ 21 ވަނަ ދުވަހަށް ތާވަލް ކުރީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކީންގެ ހެކިބަސް ނެގުމަށް ފަހުގައެވެ.

ޝަރީއަތުގެ މަޖިލީހުގައި ނާދީ އާ ދެކޮޅަށް ހެކިބަސް ދިން ފުލުހުން ބުނެފައިވަނީ ނާދީގެ ޖީބުން އެ ފޯނު ނަގައި ބެލިއިރު އެފޯނުގައި ސޭވްކޮށްފައި ހުރީ ބަނގްލަދޭޝްގެ މީހުންގެ ނަންބަރުތައް ކަމަށާއި އެ ފޯނު ނެގި ވަގުތު ބަނގުލަދޭޝްގެ މީހަކު އެ ފޯނަށް ގުޅައި އޭނާގެ ފޯނު ފޭރިގަތްކަމަށް ބުނި ކަމަށެވެ.

އަދި ހަމަ މިއާއެކު މިއަދުގެ ޝަރީއަތުގައި ފޯނުގެ ވެރިމީހާ އާއި ފޭރުނުވަގުތު އެތަނުގައި ހުރި ބަނގުލަދޭޝްގެ މީހެއް ވެސް ވަނީ ފޯނު ފޭރުނު ކަމަށް ހެކިބަސް ދީފަ އެވެ. ނަމަވެސް ފޯނު ފޭރުނީ ނާދީކަން ބުނެދޭން ނޭނގޭ ކަމަށް ވެސް އެ މީހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

ދައުލަތުން ނާދީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި އިތުރު މީހަކާ އެކު ސައިކަލެއްގައި ނާދީ ގޮސް މަޖީދީ މަގު ވެސްޓްރޯ މޯބައިލް ފިހާރަ ކައިރީ ހުރި ބަނގްލަދޭޝްގެ ރައްޔިތެއްގެ މޯބައިލް ފޯން ފޭރިގެންފައިވާ ކަމަށެވެ.

އެ ދައުވާ ނާދީގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ވަނީ ހަ މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ފޯނުގެ ވެރިމީހާ އާއި ހަތަރު ފުލުހެއްގެ އިތުރުން ބިދޭސީ އެކެވެ.

މި ދައުވާގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށް އަދި ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުގެ ކުށުގެ ދައުވާ ދައުވާ ވެސް ނާދީގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.