ރާއްޖޭގެ ޚަބަރު "އަޒުމް" ނަމަކަށްކިޔާ ދޯންޏެއް ގެއްލިގެން ހޯދަންފަށައިފި

"އަޒުމް" ނަމަކަށްކިޔާ ދޯންޏެއް ގެއްލިގެން ހޯދަންފަށައިފި

"އަޒުމް" ނަމަކަށްކިޔާ ދޯންޏެއް ގެއްލިގެން ހޯދަންފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މ.މުލަކުން ފުރައިގެން ދަތުކުރި "އަޒުމް" ނަމަކަށްކިޔާ ދޯންޏެއްގެ ޚަބަރެއްނުވުމާ ގުޅިގެން އެދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި މިދޯންޏަކީ މިމަހުގެ 4 ވަނަ ދުވަހު ގާތްގަނޑަކަށް 08:00 ހާއިރު، ދެދިވެހިންނާއެކު މ.މުލަކުން ފުރައިގެން ލ.މާވަށަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް ކަމަށާ މި ދޯންޏަކީ ގާތްގަނޑަކަށް 40 ފޫޓްގެ މަސް ދޯންޏެއް ކަމަށެވެ.

މީގެ އިތުރުން މިދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އިއްޔެ 10:15 ހާއިރުކަމަށާއި އޭރު މިދޯނި ދަތުރުކުރަމުންގޮސްފައިވަނީ މ.އަތޮޅު ހަކުރާހުރާ އާ ހިސާބުންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ.

މިދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އިއްޔެއިން ފެށިގެން ކަނޑު މަގުން މަސަައްކަތް ކުރަމުން އަންނަ ކަމަށާއި އައިލެންޑް އޭވިއޭޝަން ފްލައިޓެއްގެ އެހީގައި ވައިގެން މަގުންވެސް މިދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޙަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.