ރާއްޖޭގެ ޚަބަރު ލާދީނީ މީހުން ވާނީ ލާދީނީ މީހުންނަށް: ޝައިޚް ނަޝީދު

ލާދީނީ މީހުން ވާނީ ލާދީނީ މީހުންނަށް: ޝައިޚް ނަޝީދު

ލާދީނީ މީހުން ވާނީ ލާދީނީ މީހުންނަށް: ޝައިޚް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލާދީނީ ޚިޔާލު ގެންގުޅޭ މީހުން އެމީހުން ނުރުހުނު ކަމުގައި ވިއަސް ވަނީ ލާދީނީ މީހުން ކަމަށާއި މިފަދަ މީހުން ޔޫރަޕަށް ގޮސް ޔޫރަޕްގެ ކަންތައްތަށް ކޮޕީކޮށްގެ ޔޫރަޕްގެ މީހުން ދީން ގެންގުޅޭގޮތަށް އަހަރުމެންގެ ތެރޭގައި ދީން ގެންގުޅެން ބޭނުންވިޔަސް ޙައްޤު ދީނާއި ބާތިލް ދީން އެއްވަރު ނުކުރެވޭނެކަމަށް އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ.

ޝައިޚް ނަޝީދު މިހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި ”ދީނާއި ގައުމިއްޔަތުގެ ދިފާއުގައި“ މި ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައިޚް ނަޝީދު އިތުރަށް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަ ކޮށްފައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ޖޯކުޖަހާފައިވާ މީހަކަށް ތާއީދުކޮށް އަޅުގަނޑުމެންގެ ސަޕޯޓާއި އަތްތިލަބަޑި ދީފިކަމުގައި ވާނަމަ އެކުރެވެނީ ފާފައެއް ކަމުގައެވެ.

މީގެ އިތުރުން ޝައިޚް ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އަލްމާނީ ބައިގަޑުގެ ތެރެއެއަށް ނިކުތުމަށް މަގުފަހިވީ ﷲގެ އެއްކައުވަންތަކަމާއި ކީރިތި ރަސޫލާ الله عليه وسلم ސުންނަތުގެ މަތީގައި ތަރުބިއްޔަތު ކުރުމުގައި އިހުމާލެއް ވެފައިވާތީ" ކަމަށާއި "އެހެންކަމުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި އަޅުގަނޑުމެންގެ ދަރިން އިސްލާމް ދީނުގެ މަތީގައި ﷲގެ އެއްކައުވަންތަކަމާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާ އެއްގޮތަށް ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށް ވެސް ޝައިޚް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.