ކައުންސިލަރުން މަގާމުގައި ތިބެގެން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނު އަސާސީގެ ދަށުން އިންތިހާބުކޮށްފައިވާ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ވުމާއެކު އެ މާއްދާ ގާނޫނުގައި އޮތުމުން މިހާރު ކައުންސިލަރުންގެ ގޮތުގައި ތިބި އެއްވެސް ފަރާތަކަށް އެމަގާމުގައި ހުރެގެން އަންނަ ކައުންސިލް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.
މި އިސްލާހު ގެންއުމަށް މަޖިލީހަށް ހުށައެޅީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މި އިސްލާހު ގެނައުމަށް މަޖިލީހުގެ ފާސްކުރީ ވޯޓްގައި ބައިވެރިވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...