ޢަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިން މިވަގުތު މާލެގައި ނޫޅުއްވާތީ މާދަމާ ބާއްވާ ޤާނޫނުލް އުޤޫބާތު ދިރާސާކުރާ ކޮމެޓީއަށް ހާޒިރުވެވެންނެތް ކަން އަންގައި ޢަދާލަތު ޕާޓީން މަޖިލީހުގެ ރައީސްއަށް ސިޓީއެއް ފޮނުވައިފިއެވެ.
ޙަގީގަތް އޮޅޭ ގޮތަށް ދަރުސްދެއްވި ކަމަށް ބުނާ މައްސަލާގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިންއަށް މާދަމާ ބާއްވާ ޤާނޫނުލް އުޤޫބާތު ދިރާސާކުރާ ކޮމެޓީއަށް ޝައިޚް މާލޭގައި ނޫޅުއްވާތީ 29 މާރޗް ގެ ބަދަލުގައި އެހެން ދުވަހެެއް ހަމަޖައްސައިދެއްވުން އެދި މަޖިލީހުގެ ރައީސްއަށް ދަންނަވާފައިވާނެ ކަމަށް ޢަދާލަތު ޕާޓީން ދިއިސްލާމް އަށް މަޢުލޫމާތު ދެއެވެ.
ޝައިޚް އިލްޔާސް މިވަގުތު ހުންނެވީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދިވެހި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ޢަދާލަތު ޕާޓީއިން ހިންގާ ޕްރޮގްރާމެއްގައި މާޅޮސް މަޑުލު އުތުރުބުރީގައެވެ. އެޕާޓީއިން ސިލްސިލާކޮށް ކުރިއަށް ގެންދާ މިޕްރޮގްރާމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ޢަދާލަތު ޢިލުމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިންނެވެ.
ޝެއިޚް އިލްޔާސް ކޮމެޓީއަށް ހާޒިރު ކުރުމަށް އެދިވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެދިވަޑައިގެންނެވި ގޮތަށް، ދީނުގައިވާ ޙައްދުތައް ޤާއިމް ކުރުމަށް ޤާނޫނުލް އުޤޫބާތު ބާރުއަޅާ މިންވަރު ޝައިޚް އިލްޔާސަށް ސާފުކޮށްދެއްވާނެ ކަމަށް ކޮމެޓީގެ މުޤައްރިރު ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...