ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު، "އެމްވީ އިސްލާމް ކިޔުއޭ" އަށް އަނެއްކާވެސް ކިޔުންތެރިންގެ ސުވާލުތައް ބަލައިގަންނަން ފަށައިފިއެވެ.
އެމްވީ އިސްލާމް ކިޔުއޭ” ގެ ފަރާތުން ހާމަކުރާގޮތުގައި މި ސައިޓްގެ ސައިޓުގެ މުޝްރިފް އަކީ ޢަލީ ޒާހިރު ޢަބްދުލްމައްނާ އެވެ. އަދި ކިޔުންތެރިންގެ ސުވާލްތަކަށް ޖަވާބުދެއްވުމުގައި އިސްކޮށް އުޅުއްވާނީ، ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް އާއި އައްޝައިޚް މުޙައްމަދު އަނީލް އާއި އައްޝައިޚް އަބްދުލް ހާދީ ހުސެއިން އަދި އައްޝައިޚް އަބްދުﷲ ސިއްދީޤް އާއި އައްޝައިޚް މުޙައްމަދު އަފީފްގެ އިތުރުން އައްޝައިޚް އައިމަން ސޯލިޚް އެވެ.
"އެމްވީ އިސްލާމް ކިޔުއޭ" ގެ ފަރާތުން އިތުރަށް ހާމަކުރާގޮތުގައި ކުރިއެކޭ އެއްގޮތަށް މިސައިޓަކީ ކިޔުންތެރިންގެ ހިތްޕުޅުގައި އުފެދޭ ދީނީ ސުވާލުތަކުގެ ޖަވާބު ވީހާވެސް ފުރިހަމަގޮތެއްގައި އެއްތަނަކުން ލިބޭނޭ ގޮތް ފަހިކޮށްދިނުމަށެވެ. އަދި މިސައިޓު ބޭނުން ކުރައްވައިގެން ކޮންމެ ބޭފުޅެއްގެ ސުވާލުތަކުގެ ޖަވާބު ލިބޭނޭކަމަށް އުންމީދުކުރާކަމަށާއި އެގޮތުން އެސައިޓުގެ މަޤްޞަދު ޙާސިލް ކުރުމަށްޓަކައި ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށް ޔަޤީންކުރާކަމަށެވެ.
"އެމްވީ އިސްލާމް ކިޔުއޭ" ބޭނުންކުރައްވާ ބޭފުޅޫން އިސްކަން ދެއްވަންވީ ބައެއް ނުކުތާތަކުގެ ތެރޭގައި ސުވާލެއް ހުށަހެޅުއްވުމުގެ ކުރިން، ސައިޓުގައި އެސުވާލުގެ ޖަވާބު އިސްވެ ގޮސްފައިވޭތޯ އެބޭފުޅަކު ބޭނުންވެލައްވާ ސުވާލެއްގެ ކެޓަގަރީ އަށް ޒިޔާރަތް ކުރައްވާ ބެއްލެވުން އެދޭކަމަށް އެސައިޓް އިން އެދެއެވެ. އަދި ކެޓަގަރީ އިން ނުފެނިއްޖެނަމަ ފުރަތަމަ ސަފުޙާގައިވާ "ޖަވާބު ހޯދުމަށް" ބޭނުންކުރައްވައިގެން ބައްލަވާ ޔަޤީން ކުރެއްވުންއެދޭކަމަށާއި އަދި އެފަދައިން ހޯދުމުގައި ސުވާލުގެ ކޮންމެވެސް މިންވަރެއް އެތަނުގައި ލިއުއްވާ "ސާރޗް" ކުރެއްވުމަށްފަހު ނަތީޖާގައިވާ ސަފުހާތައް ރަގަޅަށް ބައްލަވައި، ބޭނުންފުޅުވާ ސުވާލު ނެތްނަމަ އާ ސުވާލެއްގެ ގޮތުގައި ހުށަހެއްޅުއްވުން އެފަރާތުން އެދެއެވެ.
"އެމްވީ އިސްލާމް ކިޔުއޭ" ހާމަކުރާގޮތުގައި ސުވާލު ހުށަހަޅުއްވާއިރު އެބޭފުޅެއްގެ އަމިއްލަ ނަފްސަށާއި އަދި އެހެނިހެން މުސްލިމް ތަކުންނަށް އެއިން ފައިދާ ކުރާނޭފަދަ ބޭނުންތެރި ސުވާލުތަށް ހުށެހެޅުއްވުން އެދޭކަމަށެވެ. އަދި ހުށަހަޅުއްވާ ސުވާލުތަކަކީ ޖަދަލެއްގެގޮތުން ނުވަތަ މަލާމާތެއްގެ ގޮތުގައި ހުށަހަޅާ ސުވާލަކަށް ނުހެއްދެވުމަށްވެސް އެ ސައިޓްގައި ދަންނަވާފައިވެއެވެ. އަދި މީގެ އިތުރުން، ނަމުގެ މާނަ އާއި ހުވަފެން ތަޢުބީރު ގެ ސުވާލުތަކަށް ޖަވާބު ނުދެވޭނެ ކަމަށް ވެސް އެފަރާތުން ހާމަކުރެއެވެ.
"ސުވާލު ހުށަހަޅުއްވާ ފޯމުގައިވާ ގޮޅިތައް ފުރުއްވާއިރު އީ-މެއިލް އެޑްރެސް ޖައްސަވާތަނުގައި ރަނގަޅު އެޑްރެހެއް ޖެއްސެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ސުވާލާ ބެހޭގޮތުން އިތުރު މައުލޫމާތެއް އޮޅުން ފިލުވަންޖެހިއްޖެ ނަމަވެސް އެކަމުން އެހީތެރިވެދޭނެތީއެވެ. އަދިހަމައެހެންމެ އެބޭފުޅެއްގެ ސުވާލުގެ ޖަވާބު ދެވިއްޖެކަން އީ-މެއިލްގެ ޒަރީޢާއިން އެބޭފުޅަކަށް އަންގައިދެވޭނެއެވެ. އަދި ހަމަ އެއާއެކު ސައިޓުގައި އެސުވާލާއި އަދި އޭގެ ޖަވާބު ޝާއިޢު ކުރެވޭނެއެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ އަމިއްލަފުޅު ޒާތީ ސުވާލެއް ހުށަހަޅުއްވައިފިނަމަ، އެސުވާލެއްގެ ޖަވާބު ޢާއްމުކޮށް ފެންނާނޭފަދައިން ސައިޓުގައި ޝާއިޢު ނުކުރާނޭވާހަކަ ތިބޭފުޅުންގެ މަޢްލޫމާތައްޓަކައި ދަންނަވަމެވެ. އަދި އެފަދަ ބޭފުޅުންނަށް ހަމައެކަނި އީމެއިލްގެ ޒަރީޔާއިން ޖަވާބު އެރުވޭނޭ ވާހަކަވެސް ދަންނަވަމެވެ." "އެމްވީ އިސްލާމް ކިޔުއޭ" ގެ ދީބާޖާ ލިޔެފައިވެއެވެ.
"އެމްވީ އިސްލާމް ކިޔުއޭ" އަކީ ދީނީ ސުވާލުތަކަށް ޖަވާބު ހޯދައި ދިނުމުގެ މަޤްޞަދުގައި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުންފެށިގެން ހިންގަމުންދާ ވެބްސައިޓްއެކެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު މިސައިޓްއިން ކިޔުންތެރިންގެ ކިޔުންތެރިންގެ ސުވާލުތައް ބަލައިގަންނަން ފަށާފައިމިވަނީ މިމަހުގެ 23 ވަނަ ދުވަހުގައެވެ.
ގުޅުންހުރި ލިންކް:
ކޮމެންޓް (0)
ލޯޑް ކުރަމުން...