ދަރުސް ޚަބަރު ޝައިޚް އާދަމް ޝަމީމް ދައުވާ ދަތުރެއްގައި އއ އަތޮޅުގައި

ޝައިޚް އާދަމް ޝަމީމް ދައުވާ ދަތުރެއްގައި އއ އަތޮޅުގައި

ޝައިޚް އާދަމް ޝަމީމް ދައުވާ ދަތުރެއްގައި އއ އަތޮޅުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހިންގައި ޕްރޮގްރާމެއްގައި ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އއ އަތޮޅަށް ވަޑައިގެންފިއެވެ.

އއ އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހިންގައި މިޕްރޮގްރާމްގެ ދަށުން ދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި، އއ އަތޮޅުގެ ހިމަންދޫ، މާޅޮސް، މަތިވެރި، އުކުޅަސް، ރަސްދޫގެ އިތުރުން ބ އަތޮޅު ފުލިދޫގައި ވެސް ޝައިޚް އާދަމް ޝަމީމް ވަރަށް ޚާއްޞަ ދަރުސްތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ދިއިސްލާމްއަށް މައުލޫމާތުލިބެއެވެ.

ރޭ އިޝާނަމާދަށް ފަހު އއ މާޅޮސް މިސްކިތުގައާއި މިއަދު މެންދުރު ނަމާދަށް ފަހު އއ ހިމަންދޫގައި ވެސް ވަނީ ޝައިޚް އާދަމް ޝަމީމްގެ ދަރުސްއެއް ދެއްވާފައެވެ. މީގެއިތުރުން، މިއަދު އަސުރުނަމާދަށް ފަހު ބ އަތޮޅު ފުލިދޫގައާއި މިރޭ އިޝާނަމާދަށް ފަހު އއ މަތިވެރީގައި ވެސް ޝައިޚް އާދަމް ޝަމީމް ވަރަށް ޚާއްޞަ ދަރުސްއެއް ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން މާދަމާ ރޭ އއ އުކުޅަސްގައާއި 27 ވަނަދުވަހުގެ ރޭ އއ ރަސްދޫގެ ވެސް ޝައިޚް އާދަމް ޝަމީމް ވަރަށް ޚާއްޞަ ދަރުސްއެއް ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހިންގައި ދައުވާ ދަތުރުގައި އއ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބެމުން އަންނަކަމަށް މި ދައުވާ ދަތުރުގައި ބައިވެރިވަޑައި ގަންނަ ފަރާތުން މަޢުލޫމާތުލިބެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.