ރާއްޖޭގެ ޚަބަރު އަހަރުގެ ފުރަތަމަ ހަނދުކޭތަ ނަމާދު ކުރުން މީހުން އުޅޭ ރަށްތަކުގައި އޮންނާނެ: އިސްލާމިކް މިނިސްޓްރީ

އަހަރުގެ ފުރަތަމަ ހަނދުކޭތަ ނަމާދު ކުރުން މީހުން އުޅޭ ރަށްތަކުގައި އޮންނާނެ: އިސްލާމިކް މިނިސްޓްރީ

އަހަރުގެ ފުރަތަމަ ހަނދުކޭތަ ނަމާދު ކުރުން މީހުން އުޅޭ ރަށްތަކުގައި އޮންނާނެ: އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޭތަ ނަމާދު ކުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މާލޭގައި ކޭތަ ނަމާދުކުރުން އޮންނާނީ މިރޭ މެންދަމު 1:00 ގައި އިސްލާމީ މަރުކަޒު ގައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ މެންދަމު 1:00 ގައި ކޭތަ ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ތެރޭ ތިން ހަނދުކޭތަ ހިފާނެކަމަށާއި މި އަހަރުގެ ފުރަތަމަ ހަނދުކޭތަ މިރޭ ހިފާއިރު މިރޭ ހިފަނީ އަހަރުގެ އެންމެ ކުރު ކޭތަ އެވެ. މި ކޭތަ ފެންނާނީ އޭޝިއާގެ އިތުރުން ޔޫރަޕާއި އެފްރިކާ އާއި އޮސްޓްރޭލިއާ އަށެވެ.

މިރޭ 11:05 ގައި ކޭތަ ހިފަން ފެށުމަށް ފަހު އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 1:08 ގަ އެވެ. އަދި ކޭތަ ވީއްލާނީ މެންދަމުން އަލިވެ 3:10 ގަ އެވެ. މިރޭގެ ކޭތަ ފުރިހަމަކޮށް ފެންނާނީ 27 މިނެޓަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.