ރާއްޖޭގެ ޚަބަރު މިނިވަންނޫހުގައި ލިޔުން ލިޔެފައިވަނީ އައިއެފްއެމްގެ އެއްވެސް ބަހެއް ހޯދުމެއް ނެތި: އައިއެފްއެމް

މިނިވަންނޫހުގައި ލިޔުން ލިޔެފައިވަނީ އައިއެފްއެމްގެ އެއްވެސް ބަހެއް ހޯދުމެއް ނެތި: އައިއެފްއެމް

މިނިވަންނޫހުގައި ލިޔުން ލިޔެފައިވަނީ އައިއެފްއެމްގެ އެއްވެސް ބަހެއް ހޯދުމެއް ނެތި: އައިއެފްއެމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިނިވަންނޫހުގައި ލިޔެފައިވާ ޒިންމާދާރުކަން ކުޑަ ލިޔުން ލިޔެފައިވަނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ އެއްވެސް ބަހެއް ހޯދުމެއް ނެތި ކަމަށް އެޖަމިއްޔާ އިން ބުނެފިއެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، 20 އޭޕްރީލް 2013 ގައި، އެޖަމިއްޔާއާ ޙަވާލާދެވޭ ފަދަ މާނައެއްގައި މިނިވަންނޫހުގައި ލިޔެފައިވާ ޒިންމާދާރުކަން ކުޑަ ލިޔުން އެނޫހުން ލިޔެފައިވަނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ އެއްވެސް ބަހެއް ހޯދުމެއް ނެތި ކަމަށެވެ.

މީގެއިތުރުން މި ނޫސްބަޔާނުގައި "އިސްލާމްދީނާމެދު ނަފްރަތުއުފެއްދުމަށް ލިޔުން ލިޔެ، މުސްލިމުންނާމެދު ޢަދާވާތްތެރި ބަސްތަކުން ފުރައްސާރަކޮށް ހަދަމުންގެންދާކަމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މެދުގައި މަޝްހޫރު ވެފައިވާ މިނިވަން" ނޫސް ކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ސިޓީގައި ސިފަކުރާ ނޫހަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގާ ތަފާތު އެކި ހަރަކާތްތަކާ ގުޅޭގޮތުން އެ ޖަމްޢިއްޔާގެ އިސްވެރިން ދީފައިވާ އިންޓަވިޔުތައް މިހާރުވެސް މިނިވަން ނޫހުގެ 'އާކައިވްގައި' އެބަހުރިކަން ހަނދުމަކޮށްދޭކަމަށް އައިއެފްއެމްގެ ނޫސްބަޔާނުގައިވެއެވެ.

ސަލަފްގެ ފަރާތުން 15 މޭ 2012ގައި އައިއެފްއެމްއަށް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން ޖަމިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ރަމީޒަށް ފޯނުންގުޅައި އައިއެފްއެމްއާ އެއްވެސް ގުޅުމެއްނެށް ޚަބަރެއްކަމަށް ވިދާޅުވެފައި ވާނެކަމާއި ފަހުން ލިޔުމަކުން އެސިޓީއަށް ޖަވާބެއް ދެއްވާނެ ވާހަކަ ދަންނަވާފަ ވާނެކަމަށްވެސް މި ނޫސްބަޔާނުގައިވެއެވެ. އަދި ސަލަފުގެ ސިޓީގައި އެ ވާހަކަ ބަޔާންކުރުމެއް ނެޓީގައިވެއެވެ.

އެސިޓީގެ ޖަވާބެއް ނުދެވި އުޅެނިކޮށް ތިންދުވަސް ފަހުން މީޑިޔާތަކަށް އެސިޓީ ޢާންމުކޮށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ބަދުނާމުވާގޮތަށް "ދިއިސްލާމް" ނަމަކަށްކިޔާ ވެބްސައިޓެއްގައި ސިޓީ ޚަބަރެއްގެ ސިފައިގައި ޝާއިޢުކޮށްފައިވާކަމަށް ވެސް މިނޫސްބަޔާނުގައި ލިޔެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފް އިން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އަށް ފޮނުވާފައިވާ ޝަކުވާގެ ސިޓީ ލިޔެފައިވާ ތާރީޚަކީ 22 އޭޕްރިލް 2013 ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް އެ ސިޓީ މިޖަމްޢިއްޔާއަށް ހަވާލުކޮށްފައިވަނީ 23 އޭޕްރިލް 2013ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެސިޓީ އޮފީހަށް ލިބުމާއެކު ޖަވާބެއް ލިޔުމަށް މަސައްކަތްކުރެވެމުންދަނިކޮށް ހަމައެދުވަހު (23 އޭޕްރިލް 2013) ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އެ ސިޓީ މީޑިޔާތަކަށް ހާމަކޮށްފައިކަމާއި އަދި ތަފާތު އެކި މީޑިޔާތަކަށް ގުޅައި ޚަބަރު ޝާއިޢުކޮށްދިނުމަށް އެދިފައިވާ ކަމަށްވެސް މި ނޫސްބަޔާނުގައި ވެއެވެ.

މީގެ އިތުރުން މި ނޫސްބަޔާނުގައި، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ގެއްލި ފިތުނަ އުފެދޭގޮތަށް ޢަމަލުކުރުން ހުއްޓާލައި ﷲ އަށް ބިރުވެތިވުމަށް ނަޞީޙަތްތެރިވުމަށް ޖަމްޢިއްޔަތުއްސަލަފް އަށް ގޮވާލައްވާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.